ބޭބެގެ ފިލްމް ސޮނާކްޝީ އަށް

ބޭބެގެ ފިލްމް ސޮނާކްޝީ އަށް

Author
ފާތިމަތު ނާވީ
30 ޖުލައި 2022 09:17
0

ބަތަލާ ސޮނާކްޝީ ސިންހާ ގެ ބޭބެ ކުޝް ސިންހާ ޑައިރެކްޝަނަށް ނުކުންނަ ފިލްމު "ނިކިތާ ރޯއި: އެންޑް ދަ ބުކް އޮފް ޑާކްނެސް" އިން ފެނިގެންދާނި ސޮނަކްޝީ ކަމަށް ބޮލީވުޑްގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

ފިލްމް އާއި ގުޅޭ މާގިނަ މައުލުމާތެއް އަދި ހިއްސާ އެއް ނުކުރެއެވެ. ނަމަވެސް ސޮނާކްޝީ ވަނީ އެ ފިލްމް އާއި ގުޅޭ ޕޯސްޓަރެއް އިނސްޓަގްރާމް ގައި ހިއްސާ ކޯށްފައިއެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

ޕޯސްޓަރުން ފެންނަ ގޮތުގައި ފިލްމަކީ ބިރުވެރި ފިލްމްއެއް ހެން ހީވެއެވެ. އެއީ ޕޯސްޓްރުގެ ބެކް ޑްރޮޕް އާއި ސޮނާކްޝީ ފެންނަން ހުރި ގޮތުންނެވެ.

މިއީ ސޮނާކްޝީ އާއި އޭނާގެ ބޭބެ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ކުޝް ބުނި ގޮތުގައި ސޮނާކްޝީ އަކީ ވަރަށް ހުނަރުވެރި ބަތަލާއެކެވެ. އަދި އެކުގައި މަސައްކަތް ކުރެވޭތީ ވރަށް އުފާވާ ކަމަށް ވެސް ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Kussh S Sinha (@kusshssinha)

ބޮލީވުޑްގެ ކުރީގެ އެކްޓަރު ޝަތުރުގަން ސިނާ އާއި ޕޫނަމް ކައިވެނި ކޮށްގެން ލިބުނު ތިން ކުދިންގެ ތެރެއިން ކުޝް ސިންހާ އާއި ލަވް ސިންހާ އަކީ އެއްމާބަނޑު ދެބެންނެވެ. ދެން ހުނަނީ ސޮނާކްޝީއެވެ. ލަވް ސިންހާ އަކީ އެކްޓަރެއްގެ އިތުރުން ޕޮލިޓީޝަން އެކެވެ. ކުޝް ފިލްމު އިންޑަސްޓްރީއަށް ޑައިރެކްޓަރެއްގެ ގޮތުގައި މި ނުކުންނަނީ އަލަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.