ޓިކްޓޮކް ތަރި އަދި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ މަރިޔަމް ޝިފާވެސް ހައްޔަރުކުރަން ޢާންމުން ގޮވަންފަށައިފިއެވެ.
ޝިފާ ހައްޔަރުކުރަން ޢާންމުން ސޯޝަލް މީޑިއާގައި ގޮވަން ފަށާފައި މިވަނީ، އެއް ޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކުރަން ފެށުމުންނެވެ. އެކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ބަންގްލަދޭޝްގެ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުންހިންގިކަމަށް ތުހުމަތުކުރެވޭ މީހުންނެވެ. އޭގެ ތެރޭގަިއ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް)އާއި، ފުލުހެއްވެސް ހިމެނެއެވެ.
މިއާއެކު ބައެއް އާންމުން ވަނީ އެއްޖިންސުން ގުޅުންހިންގިކަމަށް ބުނާ ވީޑިއޯއެއް އާންމުވެފައިވާ ޓިކްޓޮކް ތަރި އަދި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ މަރިޔަމް ޝިފާވެސް ހައްޔަރުކުރުމަށް ގޮވާލަން ފަށާފައެވެ.
އެއްޖިންސުން ގުޅުން ހިންގި މީހުން ޕާސްޕޯޓް ހިނަފަހައްޓާފައިވާއިރު، އޭގެ ތެރޭގައ ޝިފާވެސް ހިމެނެއެވެ.
ނަމަވެސް މިމައްސަލާގައި މިހާތަނަށް ޝިފާއާއި ސުވާލެއް ކޮށްފައިވާކަމެއްވެސް ނޫންކަމެއްވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ. ލީކުވެފައިވާ ވީޑިއޯތަކާއި ގުޅިގެން ޝިފާ ބުނެފައިވަނީ އެއީ އެޑިޓެއްކަމަށެވެ. ނަމަވެސް އޭނާ އެހެން ބުނިފަހުންވެސް އިތުރު ވީޑިއޯތަކެއް ވަނީ ލީކުވެފައެވެ.
ޝިފާއާއި އޭނާއާއެކު ގުޅުންހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރު ނުކުރަނީ އަންހެނުންނަށް ވީމަތޯ ބައެއް ފަރާތްތަކުން ސުވާލުކުރެއެވެ.
2 Responses
ކުށެއް ކޮށްފިނަމަ އަދަބު ލިބޭންވާނެ.
އެންމެން ވިސްނާށެވެ. ރަނގަޅު ދިރާސާއެއް ހަދައިފި ނަމަ އިނގޭނެ އިންސާނުންގެ ތެރެއިން %97 މީހުންނަކީ އިސްލާމީ ކައިވެނީގެ ބޭރުން އެއްޖިއްސުން ނުވަތަ ނުވަތަ ދެޖިންސުން ނުވަތަ އަމިއްލަޔަށް ޖިންސީއެދުން ފުއްދާ މީހުންކަން އުމުރުގެ ކޮންމެވެސް ހިސާބެއްގައި، އަދި %3 މީހުންނަކީ އެކަމުގާ ދޮގު ހަދާމީހުންކަން ވަރަށް މަދު މީހަކު ނޫނީ މިކަމުން އިސްތިސްނާ ނުވާނެ. ކޮންމެ މީހަކީ ކުށްކުރާނެ މީހެއް އަވަހަށް ތައުބާވޭ. ތިމާގެ ނަފްސުގެ ހިސާބު ތިމާ މިންކޮށްލައްވާ އަވަހަށް
ޝިފާގެ ނަމުން އެން އަކުރު އުނިކޮށް ލިޔަނީ ކީއްވެބާ؟ މަރިޔަމް ޝިފާޒާ މުޙައްމަދު މަތީރެސް ޅ.ނައިފަރު