މިމަހުގެ 16 ވަނަ ދުވަހުގައި ކެޓްރީނާ ކައިފް އުފަންދުވަސް ފާހަގަ ކުރުމަށް އޭނާ ރާއްޖެ އައީ ވަރަށް ގާތް ހައެއްކަ މީހުންނާއި އެކުގައެވެ.
އޭގެ ތެރޭގައި ހިމެނެނީ ކެޓްރީނާ އާއިލާގެ ބައެއް މެމްބަރުންނާއި ފިރިމީހާ ވިކީ ކޯޝާލް އާއި އޭނާގެ ކޮއްކޮ ގެ އިތުރުން އެމީހުންގެ ވަރަށް ގާތް ދެތިން މީހެކެވެ.
މި އެންމެން ތެރެއިން ވެސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އެކްޓަރެސް އިލިއާނާ ޑި ކްރޫޒްއެވެ. މި ޕްރައިވެޓް "ގޭންގް" އިން އިލިއާނާއަށް ފުރުސަތު ލިބުނީ ކިހިނެއްތޯ ގިނަބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
ސަބަބަކީ އިލިއާނާ އާއި ކެޓްރީނާ އަދި ވިކީ އާއިވެސް މާ ގާތް ރަހުމަތެރި ގުޅުމެއް ނެތް ބަޔަކަށް ވުމެވެ. އަދި އިލިއާނާ އާއެކު އެދެމީހުން މަސައްކަތްވެސް ކޮށްފައި ނުވާ އިރު މި ދަތުރުގައި އިލިއާނާ ބައިވެރިވީ ކީއްވެތޯ ސުވާލު އުފެދެއެވެ.
އީ ޓައިމްސް އިން މި ސުވާލު ޖަވާބު ވަނީ ގެެނެސް ދީފައެވެ. އިލިއާނާއަށް މި ދަތުރުން ފުރުސަތު ލިބުނީ ކެޓްރީނާގެ ބޭބެ ސަބަބުންނެވެ. ކެޓްރީނާގެ ބޭބެ ސަބެސްޓިއަން އަކީ މޮޑެލްއެކެވެ. މިދަތުރުގައި އޭނާ ވަނީ ބައިވެރި ވެފައެވެ.
އަދި ސަބެސްޓިއަން އާއި އިލީއާނާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް އީ ޓައިމްސް އިން ބުނެއެވެ. އެހެންވެ މި ދަތުރުގައި އިލިއާނާ ބައިވެރިވީ ކެޓްރީނާގެ ފަހަރީގެ ގޮތުގައި ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.
ނަމަވެސް ރަސްމީ ގޮތެއްގައި މިދެމީހުން ރައްޓެހިވެގެން އުޅޭކަން އަދި ހާމަކޮށްފައެއް ނުވެއެވެ. މި "ގޭންގް" އަދިވެސް ތިބީ ރާއްޖޭގައިއެވެ. އެމީހުން އަންނަނީ ރާއްޖެގައި ވަރަށްމަޖާ ނަގަމުންނެވެ.
ކޮމެންޓު ފޮނުވާ