ކަންގަނާގެ "އިމަޖެންސީ" އިން ރޯލެއް އަނުޕާމަށް

ކަންގަނާގެ "އިމަޖެންސީ" އިން ރޯލެއް އަނުޕާމަށް

Author
ފާތިމަތު ނާވީ
24 ޖުލައި 2022 10:11
0

ބޮލީވުޑްގެ ބިރުކުޑަ އެކްޓްރެސް ކަންގަނާ ރަނާވަތުގެ ކުރިއަށް އޮތް ފިލްމު "އިމަޖެންސީ"ގެ ރޯލަކަށް ކުޅަދާނަ އެކްޓަރު އަނުޕާމް ކޭރް ސޮއިކޮށްފިއެވެ.

ތަޖުރިބާކާރު އެކްޓަރ އަނުޕާމް އެ ފިލްމުގައި ކުޅޭނީ ފިލްމުގެ ވާހަކަ ބިނާކޮށްފައިވާ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ސަރުކާރާ ދެކޮޅަށް މުހިއްމު ރޯލެއް އަދާކުރި ޖަޔަޕްރަކާޝް ނަރާޔަންގެ ރޯލެވެ. އިންދިރާ ގާންދީގެ ރޯލުން ފެނިގެންދާނީ ކަންގަނާ އެވެ.

މިހާރު ފިލްމުގައި ކަންގަނާ ފެނިގެންދާ ގޮތުގެ ކުރު ވީޑީއޯ ކޮޅެއް ވެސް ވަނީ ދައްކައިލާފައެވެ. އެއާއެކުގައި ބެލުންތެރިންގެ ތައުރީފް ވަނީ ކަންގަނާގެ މަސައްކަތަށް އޮހެން ފަށާފައެވެ.

 

View this post on Instagram

 

A post shared by Anupam Kher (@anupampkher)


މި ފިލްމު ޑައިރެކްޓް ކުރަނީ ވެސް ޚުދު ކަންގަނާއެވެ. މި ފިލްމަކީ އޭނާގެ ދެވަނަ ޑައިރެކްޝަންއެވެ. އޭނަ ޑައިރެކްޓް ކުރި ފުރަތަމަ ފިލްމަކީ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އެެވެ.

އެންމެ ފަހުން ކަންގަނާ ފެނިގެން ދިއައި "ދާކަޑް" އިންނެވެ. ނަމަވެސް އުންމީދު ކުރިގޮތާއި ހިލާފަށް އެ ފިލްމު ވެގެން ގޮސްފައި ވަނީ ފްލޮޕަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.