ދަރިންނާއެކު ނޭހާގެ ދެމަފިރިން ރާއްޖޭގައި

ދަރިންނާއެކު ނޭހާގެ ދެމަފިރިން ރާއްޖޭގައި

Author
ފާތިމަތު ނާވީ
21 ޖުލައި 2022 01:56
0

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ އަންގަދް ބޭދީ އާއި ނޭހާ ދޫޕިއާ އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ.

ދެ ކުދިންނާ އެކުގައި އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ  ނޯކޫ މޯލްޑިވްސްގައެވެ. އެމީހުންގެ ޗުއްޓީ ދަތުރުގެ ފޮޓޯ ތަކާއި ވީޑިއޯތައް އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާއި ހިއްސާ ކުރަމުންނެވެ.

 

View this post on Instagram

 

A post shared by Neha Dhupia (@nehadhupia)

ނޭހާ އަކީ ބޮލީވުޑްގައި މާބޮޑު ކާމިޔާބެއް ލިބުނު ތަރިއެއް ނޫނެއް ކަމަކު މަދު މަދުން އޭނާ އަންނަނީ ފިލްމްތަކުގެ ސަޕޯޓިންގ ރޯލުތަކުން ފެންނަމުންނެވެ. އަދި ޝޯތައް ހުށައަޅައިދީގެން ވެސް އޭނާ އަންނަނީ މަޝްހޫރުކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.

ހަމަ މިފަދައިން އަންގަދް އަކީވެސް ބޮލީވުޑްްގެ ސަޕޯޓިންގ ރޯލުތަކުން ފެންނަ އެކްޓަރެކެވެ. އެމީހުން ކައިވެނި ކުރީ 2018 ވަނަ އަހަރުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.