ކަބީރު ޚާނުގެ ފިލްމެއް ކާތިކަށް

ކަބީރު ޚާނުގެ ފިލްމެއް ކާތިކަށް

Author
ފާތިމަތު ނާވީ
21 ޖުލައި 2022 05:46
0

ކާތިކް އާރިޔާންގެ އެންމެ ފަހުގެ ފިލްމު "ބޫލް ބުލައްޔާ2″ ގެ ކާމިޔާބީއާ އެކުގައި އޭނާގެ ތަރި މެދުއުޑުގައި ފިޔަ ޖަހަމުން އަންނަ އިރު އަނެއްކައިވެސް ބޮޑު ފިލްމެއް ގައި މަސައްކަތް ކުރުމުގެ ފުރުސަތު އޭނާ އަށް ލިބިއްޖެއެވެ.

މިފިލްމަކީ ކާތިކްގެ ފިލްމީ ކެރިއަރުގައި ލިބުނު އެންމެ އެންމެ ބޮޑު ފިލްމެވެ. ފިލްމަކީ އެކްޝަން ފިލްމުތައް ގެނެސްދިނުމަށް މަޝްހޫރު އަދި ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރު ކަމުގައިވާ ކަބީރު ޚާނުގެ ފިލްމެކެވެ. ކަބީރަކީ "ބަޖްރަންގީ ބައިޖާން" އާއި "ސުލްތާން" ކަހަލަ ބޮޑެތި އަދި ކާމިޔާބު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ މީހެކެވެ.

މި ފިލްމްގެ ޕްރޮޑިއުސަރަކީ ސާޖިދު ނަޑިއާޑުވާލާއެވެ. ކާތިކްގެ މަގުބޫލުކަން އޭނާގެ އެންމެ ފަހުގެ ފިލްމްގެ ކާމިޔާބާއި އެކުގައިވަނީ އިތުރު ވެގެން ގޮސްފައިއެވެ.

ބޮލީވުޑްގެ ހަބަރުތަށް ގެެނެސް ދޭ ނޫށްތަކުން ބުނާގޮތުގައި މި ފިލްމްގެ މަސައްކަތް މިއަހަރު ނިމޭ ކޮޅުގައި ފަށާނެ ކަމަށް ބުނެއެވެ. ކާތިކް ބުނެފައިވާ ގޮތުގައި އޭނާ އެންމެ ގަޔާވާ އެއް ޑައިރެކްޓަރަކީ ކަބީރް ޚާންއެވެ. ކަބީރް އާއި އެކުގައި މަސައްކަތް ކުރެވޭތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ.

ސޯޝަލް މީޑީއާގައި ކާތިކް މި ހަބަރު އިއުލާން ކުރި އިރު ކަބީރް ޚާން ހުރީ ރާއްޖޭގައި ޗުއްޓީހޭދަކުރުމަށެވެ. ރާއްޖެއަށް އޭނާ އައީ ކެޓްރީނާގެ އުފަންދުވަސް ފާހަގަ ކުރުމަށް އައި ގުރޫޕުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.