ރިއާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމުން ޝެހެނާޒަށް ފުރުސަތު ލިބިއްޖެ

ރިއާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމުން ޝެހެނާޒަށް ފުރުސަތު ލިބިއްޖެ

Author
ފާތިމަތު ނާވީ
20 ޖުލައި 2022 10:04
0

ޕްރޮޑިއުސަރ ރިއާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމުގެ ރޯލެއް 'ބިގް ބޮސް' ގެ 13 ވަނަ ސީޒަނުން މަގުބޫލު ކަން ހޯދި ޝެހެނާޒް ގިލް އަށް ލިބިއްޖެއެވެ.

އަނިލް ކަޕޫރުގެ ހަގު އަންހެން ދަރިފުޅު ރިއާ ވަނީ ބައްޕަ އާއި އެކުގައި ފިލްމެއް ހެދުމަށް އިއުލާން ކޮށްފައެވެ. މިއީ ބޮޑު މަގުބޫލު ކަމެއް ހޯދި ރިއާގެ ފިލްމް "ވީރްދޭ ވެޑިންްގ" އަށް ފަހު އޭނާ ގެނެސް ދޭ ފުރަތަމަ ފިލްމެވެ.

މި ފިލްމާ ގުޅޭގޮތުން މާގިނަ މައުލުމާތެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް ފިލްމުގައި އަނިލް ކަޕޫރުގެ އިތުރުން ބޫމީ ޕަޑްނޭކަރް މުހިންމު ރޯލެއް އަދާ ކުރާނެއެވެ. އަދި ޝެހެނާޒް ވެސް ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާނެ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ބުނެއެވެ.

މަޝްހޫރު ތަރިންތަކާއި އެކުގައި އިތުރު ފިލްމެއް ޝެހެނާޒަށް ލިބުން އިރު އޭނާ މިހާރު ވެސް އަންނަނީ މަޝްހޫރު ތަރިންތަކަކާއެކު ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ސަލްމާން ޚާންގެ "ކަބީ ޢީދު ކަބީ ދިވާލީ" އެވެ. މި ފިލްމަކީ ބޮޑު ކާސްޓެއް ހިމެނޭ މަސްހުނި އިހުސާސްގެ ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.