އާލިއާއާ ވައްތަރުކަމުން ސަމާލުކަން ލިބުނު ސެލެސްޓީއަށް ސްޓާޕްލަސްގެ ޑްރާމާއެއް

އާލިއާއާ ވައްތަރުކަމުން ސަމާލުކަން ލިބުނު ސެލެސްޓީއަށް ސްޓާޕްލަސްގެ ޑްރާމާއެއް

Author
ފާތިމަތު ނާވީ
19 ޖުލައި 2022 04:12
0

ބޮލީވުޑްގެ އެކްޓްރެސް އާލިއާ ބަޓާ ވައްތަރު ކަމަށް ބުނެ އާންމުންގެ ސަމާލުކަން ލިބުނު އިންޑިއާގެ އައްސާމް ސްޓޭޓަށް ނިސްބަތްވާ ސެލެސްޓީ ބައިރަގޭއަށް ސްޓާ ޕްލަސްގެ ޑްރާމާ އެއްގެ ލީޑު ރޯލުން ފުރުސަތު ލިބިއްޖެއެވެ.

ސެލެސްޓީ އަކީ އިންގްލިޝް ލިޓްރޭޗާ އިން ޑިގްރީއަށް ކިޔަވަމުން އަންނަ ޒުވާނެކެވެ.

ސްޓާ ޕްލަސް އިން އޮގަސްޓް 8 ގައި ދައްކަން ފަށަން ތައްޔާރުވެފައިވާ ޑްރާމާ ސިލްސިލާ "އުޑްތީ ކާ ނާމް ރައްޖޯ" ގައި ސެލެސްްޓީ ފެންނާނީ މަޝްހޫރު ޓީވީ އެކްޓަރު ރަޖްވީރް ސިންގްއާ އެކުއެވެ.

 

View this post on Instagram

 

A post shared by 𝑪𝒆𝒔𝒉 (@celesti.bairagey)

މިހާރު ވަނީ ޝޯގެ ޕްރޮމޯއެއް ދައްކަން ފަށާފައެވެ. ސެލެސްޓީ ލީޑުރޯލުން ފެންނަ މި ޝޯގައި އޭނާ ފެންނަނީ ވަރަށް ހިތްވަރު ގަދަ ކުއްޖެއްގެ ރޯލުންނެވެ. މިއީ މުނިފޫހިފިލުވުމުގެ ދާއިރާއިން އޭނާގެ އަލަތު މަސައްކަތެވެ.

ޑްރާމާގެ ލީޑް އެކްޓަރ ރަޖްވީރް މީގެކުރިން "ގުރުބާން ހުއާ" އަދި "ކިޔާ ކަސޫރް ހޭ އާމްލާ ކާ" ފަދަ ޑްރާމާ ތަކުން ވަނީ ބެލުންތެރިންގެ މަގްބޫލުކަން ހޯދާފައެވެ.

 

View this post on Instagram

 

A post shared by Rajveer Singh (@rajveer__singh)

ކުޑައިރުން ފެށިގެން އެކްޓް ކުރުމަށް ޝައުގު ހުންނަ ސެލެސްޓީ ބުނީ ޑްރާމާ އަކުން ފުރުސަތު ލިބުމުން ވަރަަށް އުފާވެފައި ހުރި ކަމަށެވެ. އަދި މިއީ ފެށުމެއް ކަމަށާއި ދެވެން އޮތް އެންމެ ކުރިއަކަށްދާން ބޭނުން ވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.