މާފުށި ބޭރުން ދޯންޏެއްގެ ބައެއް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

މާފުށި ބޭރުން ދޯންޏެއްގެ ބައެއް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
12 ޖުލައި 2022 07:14
0

ކ.މާފުށި ބޭރުން 2 ނޯޓިކަލް މޭލު އިރުން، ދޯންޏެއްގެ ބައެއް އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާތީ އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވެލެއްވުމަށް އެދިއްޖެއެވެ.

އެމްއެންޑިއެފުން ބުނެފައިވަނީ ދޯންޏެއްގެ ބައެއް އޮޔާދަނީ ކ.މާފުށީގެ އިރުމައްޗަށް ވާގޮތަށެވެ. މާފުށީ ސަރަހައްދަކީ ދުވާލާއި ރޭގަނޑުވެ ވަގުތު ތަކުގައިވެސް ގިނަ އަދަދެއްގެ ކަނޑުމަތގެ އުޅަނދުތައް ދަތުރުކުރާ ސަރަހައްދެކެވެ.

އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި، ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.