ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަޖެޓް ބަހުސް ނިމުމާއިއެކު އެޖެންޑާ ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދު ޖަލްސާ ފައްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މަޖިސް ރައީސް ވިދާޅުވީ މިނިސްޓަރ އިމްރާންގެ މައްސަލަ ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން އާންމު ކޮމިޓީން ގޮތްތަކެއް ކަނޑައަޅާފައި ވާކަމަށެވެ. އެގޮތުން ބަހުސްއަށް 2 ގަނޑިއިރު ކަނޑައަޅާފައިވާއިރު، މިނިސްޓަރ އަށް ދިފާއުވުމަށްވެސް 30 މިނިސްޓްގެ ވަގުތެއް ދެވިގެންދާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އާންމު ކޮމިޓީން 2 ގަނޑިއިރު ބަހުސްއަށް ކަނަޑައަޅާފައިވާއިރު، މިނިސްޓަރާއަށް ދިފާއުވުމަށް ބަހުސް ފެށުމަށް 10 މިނިޓް، އަދި މެދު ތެރެއިން 10 މިނިޓް، އަދި ނިންމުގެ ކުރިން 10 މިނިޓް. ޖުމްލަށް 30 މިނިޓްގެ ފުރުސަތެއް މިނިސްޓަރ އަށް ދެވޭނެ. ނަމަވެސް އަޅުގަނޑު އަދި އެޖެންޑާ ނުކުރަން މިމައްސަލައެއް. ނަމަވެސް ބަޖެޓް ބަހުސް ނިމުމާއިއެކު އަޅުގަނޑު މިމައްސަލަ އެޖެންޑަ ކުރާނާން.
– މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދޭނީ 10 މެމްބަރުންގެ ސޮޔާއިއެކުގައެވެ. މަޖިލީހަށް އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން ވައްދާފައިވަނީ މިނިވަން ދެ މެމްބަރުންގެ ގޮތުގައި ތިއްބެވި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމްއާއި، ވިލިމާލެ ދާއިރާގެ މެމްބަރުން އަހުމަދު އުޝާމްގެ ސޮޔާއިއެކު 11 މެމްބަރުންގެ ސޮޔާއިއެކުގައެވެ.
އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަތާއި ގުޅިގެންނެވެ. އަދި މޭޑޭގެ މުޒާހަރާގައި ރިޟުވާންގެ މަރާއި ގުޅޭގޮތުން އިމްރާން ދެއްކި ވާހަތަކާއި ގުޅިންނެވެ.
ސޯޝަލް މީޑިޔާގައި މިދެމައްސަލާގައި އިމްރާންނަށް ފާޑުކިޔައި ގިނަބަޔަކު ދަނީ އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. އިމްރާން ވަނީ ރޭޕް މައްސަލާގައި ރާއްޖޭގެ މީޑިޔާތައް ވަރަށްބޮޑަށް ކުށްވެރިކޮށް، ގޯސް ވާހަކަތަކެއް ދެކެވިފައިވާނަމަ ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭކަމަށް ވަނީ ވިދާޅުވެފައެވެ. އިމްރާން ރޭ ދެއްކި ވާހަތަކާއި ގުޅިގެން އެ މައްސަލަ ބެލުމަށް މަޖިލީހަށްވެސް ވަނީ ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ