އެމްޕީއެލްގެ ސަރަހައްދުގައި ހުރި ކޮންޓެއިނަރަކުން ކެމިކަލް ލީކުވެއްޖެ

އެމްޕީއެލްގެ ސަރަހައްދުގައި ހުރި ކޮންޓެއިނަރަކުން ކެމިކަލް ލީކުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
07 ޖުލައި 2022 02:54
0

އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓެއިނަރަކުން ކެމިކަލް ލީކުވާތީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:58 ހާއިރު ކަމަށާއި، އެ މައުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ސިފައިން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފާށަފައިވާ ކަމަށެވެ. އެގޮތުން ކެމިކަލް ލީކުވަމުންދާ ކޮންޓެއިނަރު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސިފައިން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ 48 ފޫޓުގެ އެ ކޮންޓޭނަރުން ކެމިކަލް ލީކުވާ ކަން ފާހަގަވީ ކޮންޓޭނަރުން ދުން އަރަން ފެށުމުން، އެ ސަރަހައްދު ބެލިބެލުމުން ކަމަށެވެ. އަދި އެ ކޮންޓޭނަރުން ލީކުވަމުން ދަނީ ހައިޑްރޮޒެން ޕެރޮސައިޑް އަޅާފައި ހުރި ކެމިކަލް ހަންތަކަކުން ކަމަށް ވެސް ބުންޏެވެ.

ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.