އާލިއާގެ ފުރަތަމަ ޕްރޮޑަކްޝަން "ޑާލިންގްސް"ގެ ޓީސާ ދައްކާލައިފި

އާލިއާގެ ފުރަތަމަ ޕްރޮޑަކްޝަން "ޑާލިންގްސް"ގެ ޓީސާ ދައްކާލައިފި

Author
ޢަލީ އާދަމް
05 ޖުލައި 2022 02:46
0

ޒުވާން އެކްޓްރެސް އާލިއާ ބަޓްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން ގެނެސްދޭ ފުރަތަމަ ފިލްމު "ޑާލިންގްސް"ގެ ޓީސާ ޓްރެއިލާ އާންމުކޮށްފިއެވެ.

އާލިއާގެ އިތުރުން ޝެފާލީ ޝާހް ލީޑުން ފެނިގެންދާ މި ފިލްމަކީ މަންމަ އާއި އަންހެން ދަރިއެއްގެ ވާހަކަތައް ގެނެސްދޭ ޑާކް ކޮމެޑީ އެކެވެ. އާލިއާ އާއި ޝެފާލީގެ އިތުރުން މުހިންމު ރޯލުތަކުން ވިޖޭ ވަރްމާ އާއި ރޯޝަން މެތިއުވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ނެޓްފްލިކްސް އަށް ގެނައުމަށް އުފައްދާ މި ފިލްމަކީ އާލިއާ އާއި، ޝާހްރުކް ޚާންގެ ރެޑްޗިލީސް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ފިލްމު ނެޓްފްލިކްސް އިން ޕްރިމިއާ ކުރަނީ އަންނަ އޯގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.