"އޭކް ވިލަން ރިޓާންސް" ގެ ޓްރެއިލާ ދައްކާލައިފި

"އޭކް ވިލަން ރިޓާންސް" ގެ ޓްރެއިލާ ދައްކާލައިފި

Author
ފާތިމަތު ނާވީ
02 ޖުލައި 2022 12:11
0

އެކްޝަން ތުރިލާ "އޭކް ވިލަން ރިޓާންސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމު އެޅުވިމަށް ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ.

މޯހިތު ސޫރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ޕޯސްޓަރުތަކެއް ވެސް ވަނީ މިހަފްތާގެ ތެރޭގައި އާންމުކޮށްފައެވެ. އާންމުކުރީ އޭގެ ލީޑް ކާސްޓުގެ ޕޯސްޓަރުތައް ވަކިވަކިންނެވެ.

މި ފިލްމުން ފެނިގެން ދާނީ ޖޯން އަބްރަހަމް، އަރުޖުން ކަޕޫރު، ދިޝާ ޕަޓާނީ އަދި ތާރާ ސުތާރިއާ އެވެ.

ފިލްމުގައި މިހާ ކުރިއަށްދަނީ ޕޯސްޓް-ޕްރޮޑަކްޝަނާއި ޕްރޮމޯޝަން މަސައްކަތްތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.