ބަޔޮޕިކް ތަކަކީ މިހާރު އެންމެ ގިނަ ބަޔަކަށް ކަމުދާ ވައްތަރުގެ ފިލްމު ތަކެވެ. މިހާތަނަށް އިންޑިއާގެ، ނަން މަޝްހޫރު ގިނަ ބައެއްގެ ހަޔާތުގެ މައްޗަށް ވަނީ ފިލްމު އުފައްދާފައެވެ.
އެގޮތުން އަނެއްކާވެސް މިވަނީ ބަޔޮޕިކްއެއް އިއުލާން ކޮށްފައެވެ. މިފަހަރު ބެލުންތެރިންނަށް ފެނިގެން ދާނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަޓަލް ބިހާރީ ވަޖުޕާއީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
ޕްރޮޑިއުސަރ ވިނޯދު ބަނުޝާލީ އާއި ސަންދީޕް ސިންގް ގުޅިގެން އުފައްދާ މި ފިލްމަށް ދީފައިވާ ނަމަކީ "އަޓަލް" އެވެ. ފިލްމުގެ ޓެގް ލައިނަކީ "މޭ ރަހޫ ޔާ ނާ ރަހޫ ޔޭ ދޭޝް ރެހެނާ ޗާހިޔޭ" އެވެ.
މިއީ އަލެކް އެން ޕީ ލިޔެފައިވާ ފޮތް "ދަ އަންޓޯލްޑް ވަޖުޕާއީ: ޕޮލިޓީޝަން އެންޑް ޕެރާޑޮކްސް"ގެ މައްޗަށް އުފައްދާ ފިލްމެކެވެ.
‘Main Rahoon Ya Na Rahoon, Yeh Desh Rehna Chahiye – Shri Atal Bihari Vajpayee.’
Presenting #ATAL, a film on the life story of India’s most exemplary leader, renowned poet, and visionary.@thisissandeeps @directorsamkhan #KamleshBhanushali #VishalGurnani #JuhiParekhMehta pic.twitter.com/J2Db2l32iy
— Vinod Bhanushali (@vinodbhanu) June 28, 2022
ޑައިރެކްޓްކުރާނެ މީހަކާއި ވަޖްޕާއީގެ ރޯލު ކުޅޭނެ އެކްޓަރު އަދި އިއުލާން ނުކުރާ މި ފިލްމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށަން ނިންމާފައި ވާއިރު، މި ފިލްމުގެ ޑައިރެކްޓަރާއި ކާސްޓުންވެސް ވަރަށް އަވަހަށް އިޢުލާނުކުރާނެކަމަށް ޚަބަރުތައް ބުނެއެވެ.
ވަޖްޕާއީ ވަނީ އިންޑިއާގެ ބޮޑުވަޒީރުކަން 3 ފަހަރެއްގެ މަތިން ކޮށްފައެވެ. ނަމަވެސް ވެރިކަމުގެ ދައުރެއް ފުރިހަމަ ވަންދެން އޭނާ ބޮޑުވަޒީރުކަން ކުރީ 1999 އިން 2004 އަށެވެ.
މިހާރުވެސް އިންޑިއާގައި ވެރިކަންކުރާ ޕާޓީ ބީޖޭޕީއަށް ނިސްބަތްވާ ވަޖްޕާއީ ދުނިޔެ ދޫކުރީ 2018 ވަނަ އަހަރުގެ އޯގަސްޓް މަހުއެވެ.