ބޮލީވުޑްގެ ދެތަރިން ކަމުގައިވާ ސިދާތު މަލްހޮތުރާ އާއި ކިއާރާ އަދުވާނީ ލޯބީގެ ގޮތުން ގުޅީގެން އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ.
އެމީހުން ހިތުން ވަރަށް ސިއްރުން ދެމީހުން ގުޅުން ކުރިއަށް ގެންދިޔަ ނަމަވެސް އެކަކު އަނެކެއްގެ އެޕާޓްމެންޓާއި، އެއާޕޯޓުން ދެމީހުން އެކުގައި އުޅެނިކޮށް ވަނީ ޕަޕަރާޒީން ފޮޓޯ ނަގާފައެވެ.
ކިއާރާ އާއި ސިދާތު ލޯބީގެ ގޮތުން ގުޅިފައިވަނީ ދެމީހުން އެކުގައި ކުޅުނު ފިލްމު "ޝޭރް ޝާހް"ގެ ސެޓުންނެވެ. ޚަބަރުތައް ބުނާގޮތުގައި މިދެމީހުން ވަރަށް އަވަހަށް ކައިވެނި ކުރާނެއެވެ.
ކިއާރާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފިލްމު "ޖުގް ޖުގް ޖިއޯ" އިން ވަރުން ދަވަން އާއެކުއެވެ.
ވަރުން އާއި ސިދާތު ބޮލީވުޑަށް ނުކުރީ 2012 ވަނަ އަހަރުގެ ފިލްމު "ސްޓޫޑެންޓް އޮފްދަ އިޔާ" އިން އާލިއާ ބަޓާއެކުއެވެ. އަދި އާލިއާ އާއި ސިދާތު އެކުގައި ދުވަސްކޮޅަކު ރައްޓެހިވެގެން އުޅުނުވެސް މެއެވެ.
ޖުގް ޖުގް ޖިއޯގެ ޕްރޮމޯޝަންގެ ތެރެއިން ވަރުން ވަނީ ސިދާތަކީ ވަރަށް ރަނގަޅު ފިރިއަކަށް ވާނެ ކަމަށް ބުނެ ކިއާރާއާ ދިމާ ކޮށްފައެވެ.
ޖުގް ޖުގް ޖިއޯ ގައި މި ދެމިހުންގެ އިތުރުން އަނިލް ކަޕޫރު، ނީތޫ ސިންގް އަދި މަނީޝް ޕޯލް ވެސް މުހިންމު ބައިތަކުން ފެނިގެން ދާނެއެވެ. މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި އެޅުވި މި ފިލްމުގެ ފެށުން ފުދޭވަރަކަށް ރަނގަޅު ކަމަށް ޚަބަރުތައްބުނެއެވެ.