ހޭޒަލް އާއި ޔުވްރާޖްގެ ދަރިފުޅުގެ ނަމަކީ އޯރިއޮން!

ހޭޒަލް އާއި ޔުވްރާޖްގެ ދަރިފުޅުގެ ނަމަކީ އޯރިއޮން!

Author
ފާތިމަތު ނާވީ
28 ޖޫން 2022 05:49
0

ބޮލީވުޑްގެ ބައެއް ފިލްމްތަކުން ފެނިގެން ގޮސްފައިވާ ހޭޒަލް ކީޗް އާއި ކްރިކެޓް ކުޅުންތެރިއާ ޔުވްރާޖް ސިންގްގެ ދަރިފުޅަށް ކިޔާފައިވާ ނަން އިއުލާން ކޮށްފިއެވެ.

ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް ފުރަތަމަ ފަހަރަށް އިންސްޓަގްރާމުގައި ހިއްސާކުރަމުން، ކޮށްފައިވާ ޕޯސްޓެގައި ބުނެފައިވަނި އެމީހުންގެ ދަރިފުޅުގެ ނަމަކީ އޯރިއޮން ކީޗް ސިންގް ކަމަށެވެ.

މިދެމީހުންނަށް ދަރިއަކު ލިބިފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ފުރަތަމަ ފަހަރަށް ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރިއިރު މިއީ މިދެމީހުންގެ ވެސް އަލަތު ދަރިފުޅެއެވެ.

 

View this post on Instagram

 

A post shared by Yuvraj Singh (@yuvisofficial)

ހޭޒަލް އާއި ޔުވްރާޖް ކައިވެނި ކުރީ ގިނަ ދުވަސްތަކަކު އެކުގައި ލޯބީގެ ގޮތުން އުޅުމަށްފަހު 2016 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.