ރަންބީރުގެ އާއިލާ މެމްބަރުންނާއެކު އާލިއާ ޑިނާއަކަށް

ރަންބީރުގެ އާއިލާ މެމްބަރުންނާއެކު އާލިއާ ޑިނާއަކަށް

Author
ފާތިމަތު ނާވީ
21 ޖޫން 2022 08:17
0

އާލިއާ ބަޓްގެ ފުރަތަމަ ހޮލީވުޑް ފިލްމްގެ ޝޫޓިންގައި އޭނާ ހުރީ ޔޫކޭގައެވެ. މިއަހަރު އޭޕްރިލް މަހު ރަންބީރު ކަޕޫރާއި ކައިވެނި ކުރިފަހުން ދެތަރިންވެސް ވަރަށް ބިޒީކޮށް އުޅެމުން އަންނަ އިރު ދެމީހުން ތިބީވެސް ދެ ގައުމުގައެވެ.

އާލިއާގެ ޝެޑިއުލް އިން ވަގުތު ކޮޅެއް ހޯދައިގެން އޭނާ ވަނީ ރަންބީރުގެ އާއިލާ އާއެކުގައި ރޭގަނޑުގެ ކެއުމެއްގައި ބައިވެރިވެފައެވެ. ރަންބީރު ނެތް މި ކެއުމުގައި ކަޕޫރު އާއިލާގެ ބައެއް މެމްބަރުންގެ އިތުރުން އަމިތާބް ބައްޗަންގެ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަން ވެސް ބައިވެރިވިއެވެ.

މީގެ އިތުރުން ހަމަ މި ޕޯސްޓުގައި އާލިއާ އާއި ސައިފް އަލީ ޚާން ބައްދަލު ވާތަންވެސް ފެނިގެން ދެއެވެ. ސައިފް އަކީ އާލިއާގެ ޅިޔަނެކެވެ.

އާލިއާ އާއި ރަންބީރުގެ އަލަތު ފިލްމު "ބްރަމަސްތުރާ" 5 އަހަރަށް ފަހު މިއަހަރު ސިނަމާތަކަށް އަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.