ކައިވެންޏަށް ފަހު ރަންބީރަށް އައި ބަދަލު ނީތޫ ކިޔައިދީފި

ކައިވެންޏަށް ފަހު ރަންބީރަށް އައި ބަދަލު ނީތޫ ކިޔައިދީފި

Author
ފާތިމަތު ނާވީ
21 ޖޫން 2022 09:19
0

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކައިވެނި ކޮށްފައި ވަނީ މިދިއަ އެޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ.

ކައިވެންޏަށް ފަހު ދެތަރިންވެސް އުޅެމުން އަންނީ ވަރަށް ބިޒީކޮށެވެ. އާލިއާ މި ވަގުތު ހުރީ އޭނާ ހޮލީވުޑަށް ތައާރަފްވާ ފިލްމުގެ ޝޫޓިންގައި ޔޫކޭ ގައިއެވެ. ރަންބީރު އަންނަނީ އޭނަގެ ކުރިއަށް އޮތް ފިލްމުގެ މަސައްކަތް ކުރަމުންނެވެ. އެއީ އަދި ނަމެއް ދީފައިނުވާ ފިލްމެކެވެ. ފިލްމުގައި ރަންބީރު ފެނިގެން ދާނީ ޝްރައްދާ ކަޕޫރާ އެކުގައެވެ.

ކައިވެންޏަށް ފަހު ރަންބީރުގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ރަންބީރު މަންމަ ނީތޫ ކަޕޫރު ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ނީތޫ ބުނެފައިވަނީ ކައިވެންޏަށް ފަހު ރަންބީރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި އެއީ ރަނގަޅު ބަދަލު ތަކެއް ކަމަށް ކަމަށާއި އެކަމާ އުފާ ކުރާ ކަމަށް ނީތޫ ވަނީ ބުނެފައެވެ.

"ރަންބީރު އަށް ވަރަށް ރަނގަޅު ބަދަލު ތަކެއް އަތުވެއްޖެ. ކައިވެންޏާއެކު އޭނާ މުޅިން ބަދަލު ވެއްޖެ. ހުރިހާ ބަދަލަކީވެސް ރަނގަޅު ބަދަލުތައް. ބޮޑުވެ ފުރާ ފުރިހަމަ ވެފައިވާ ޒިންމާ ދާރު ފިރިހެންގެ ސިފަތައް މިހާރު ފެންނަމުން އަންނަނީ"

– ނީތޫ

އެކަމުގެ ސަބަބުން މިހާރު އޭނާ ހުރީ ވަރަށް އުފަލުން ކަމަށާއި ދަރިފުޅު ބޮޑުވެއްޖެ ކަމުގެ އިހުސާސް ކުރެވޭ ކަމަށް ނީތޫ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by neetu Kapoor. Fightingfyt (@neetu54)

މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ރަންބީރު ބުނެފައިވަނި އޭނާއަށް ކައިވެނި ކޮށްގެން އުޅެވޭހެން ހީވެސް ނުވާ ކަމަށެވެ. އަދި ކައިވެންޏަށް ފަހު ދެމީހުންވެސް އަދި ވަރަށް ބިޒީ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ރަންބީރާއި އާލިއާ މިހާރު އަންނަނީ އެމީހުން އެކުގައި ކުޅުނު އަލަތު ފިލްމު "ބްރަމަސްތުރާ"ގެ ޕްރޮމޯޝަންތަކުގައި ބައިވެރިވަމުންނެވެ. ބެލުންތެރިންނާ ހަމައަށް ފިލްމު ގެނެސް ދިނުމަށް ފަސް އަަރުގެ ދިގު މުއްދަތެއް ނެގި މި ފިލްމު ރިލީޒް ކުރާނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގައެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.