ނާޒިމް، ތާރިގު، މަލީހު އާއިއިއެކު 12 ބޭފުޅަކު ޕީޕީއެމްގެ ކައުންސިލަށް

ނާޒިމް، ތާރިގު، މަލީހު އާއިއިއެކު 12 ބޭފުޅަކު ޕީޕީއެމްގެ ކައުންސިލަށް

Author
މުޙައްމަދު ޝަޒައިމް
19 ޖޫން 2022 08:19
0

ޕީޕީއެމްގެ ކައުންސިލުން ހުސްވެފައިވާ 12 ގޮޑިއަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން 12 ބޭފުޅަކު އިންތިޚާބު ކޮށްފިއެވެ.

ރޭ ކުރިއަށް ގެންދިޔަ މި އިންތިޚާބުގައި 86 މީހަކު ވަނީ ކުރިމަތި ލާފައެވެ. އިންތިހާބު ކާމިޔާބުކޮށް ކައުންސިލަށް ހޮވިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީންގެ ވެރިކަމުގައި ވަޒީރުންކަން ކުރެއްވި ބޭފުޅުންނާއި، ޒުވާނުންގެ ތެރެއިން އެޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ ބައެއް ޒުވާނުންވެސް ވަނީ އިންތިޚާބު ވެފައެވެ.

މިއިންތިޚާބުގައި އެންމެ ގިނައިން ވޯޓު ހޯއްދެވީ ކުރީގެ ހެލްތު މިނިސްޓަރ ނާޒިމްއެވެ. އޭނާ އަށް ވަނީ 43 ވޯޓު ލިބި ވަޑައިގެންފައެވެ. ކުރީގެ މިނިސްޓަރ ތޯރިޤުނ އިންތިޚާބު ވޯ 42 ވޯޓުންނެވެ. ރޭ އެޕާޓީން ވަނީ އަންހެނުންގެ ޚާއްސަ ކުރި 5 ގޮޑިއަށްވެސް ބޭފުޅުން އިންތިޚާބު ކޮށްފައެވެ.

މި އިންތިހާބުގައި 64 މީހަކަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވާއިރު ވޯޓް ދީފައިވަނީ 51 މީހުންނެވެ. ސައްހަ ވޯޓްގެ އަދަދަކީ 391 ވޯޓެވެ. އެއް ވޯޓް ބާތިލް ވޯޓްގެ ގޮތުގައި ގުނާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.