ޕީޕީއެމްގެ ކައުންސިލް އިންތިޚާބުގެ އަންހެނުންގެ ޚާއްސަ ފަސް ގޮޑިއަށް މެމްބަރުން އިންތިޚާބު ކޮށްފިއެވެ.
މިރޭ ކުރިއަށްދިޔަ ޕީޕީއެމްގެ ކައުންސިލަށް އިންތިޚާބުކުރާ ކައުންސިލް ފަސް މެމްބަރުންގެ ގޮޑިއަށް 27 ކަނަބަލަކު ވަނީ ކުރިމަތިލާފައެވެ. ވާދަވެރިކަން ބޮޑު މިއިންތިޚާބު ކާމިޔާބުކުރި ކެނޑިޑޭޓުންގެ ނަންތައް އެޕާޓީން ވަނީ އާންމުކޮށްފައެވެ. އިންތިޚާބުގެ ކަންކަން ކުރިއަށް ދިޔައިރު ޕީޕީއެމްގެ ރައީސް ޔާމީންވެސް ވަނީ ވޯޓުގެ ކަންކަން ކުރިއަށް ދިޔަގޮތް ބައްލަވާ ލައްވާފައެވެ.
ޕީޕީއެމްގެ ކައުންސިލަށް އިންތިޚާބުވި އަންހެން ފަސް މެމްބަރުން:
- ޝެރީނާ އަބްދުއްސަމަދު (ޝެރީ) 46 ވޯޓު
- ޖަމީލާ އަލީ ޚާލިދު 45 ވޯޓު
- ޒީނަތު އަދުނާން 43 ވޯޓު
- އާމިނަތު ނާސިހާ 29 ވޯޓު
- އާމިނަތު ޝިޔާނާ (އާނަ) 39 ވޯޓު
މިރޭ ކުރިއަށްދިޔަ ވޯޓުތަކުގެ ތެރެއިން މިހާރު ގުނަމުންދަނީ ޕީޕީއެމް ކައުންސިލަށް އިތުރުކުރި 12 މެމްބަރުންގެ ވޯޓެވެ. މިއިންތިޚާބުގައި 86 މީހުން ވަނީ ކުިރމަތިލާފައެވެ.
މިއިންތިޚާބުގައި ކޮންމެ ބަޔަކު ހޮވުނު ކަމުގައި ވީނަމަވެސް އިންތިޚާބަށްފަހު ޕާޓީއާއި އެއްވެސް ބޭފުޅަކު ދުރުވެ ހިތްބުރަ ކުރުމަކީ އެއްގޮތަކަށްވެސް އެދިވަޑައިގަންނަވާ ގޮތެއް ނޫންކަމަށް ޕީޕީއެމްގެ ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ މިއިންތިޚާބުގައި ވާދަ ކުރައްވާ ހުރިހާ ކެނޑިޑޭޓުންވެސް ކޮންމެ ގޮތަކަށް ިއންތިޚާބު ނިމުނަސް ޕާޓީއާއިއެކު ތިއްބެވުމަށް އިލްތިމާސް ކުރައްވާފައެވެ.