ކާތިކާއެކު ފިލްމެއް ކުޅުމަށް ޖެނިފާއަށް!

ކާތިކާއެކު ފިލްމެއް ކުޅުމަށް ޖެނިފާއަށް!

Author
ފާތިމަތު ނާވީ
18 ޖޫން 2022 08:14
0

ސިލްސިލާ ޑްރާމާ ތަކުން މަޝްހޫރުކަން ހޯދާފައިވާ އެކްޓްރެސް ޖެނިފާ ވިންގެޓަށް ބޮލީވުޑްގެ މިހާރުގެ އެންމެ ޑިމާންޑް ބޮޑު އެއް ތަރި ކާތިކް އާރިޔާން އާއެކުގައި ފިލްމެއް ކުޅުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

މި ފިލްމު އަދި މިހާތަނަށް އިއުލާން ނުކުރި ނަމަވެސް ވަރަށް އަވަހަށް ފިލްމު އިއުލާން ކުރާނެ ކަމަށާއި އެދެމީހުން ވެސް ފިލްމަށް މިހާރު އެއްބަސް ވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

މީގެ އިތުރުން ފިލްމަކީ ބޮޑު ސްޓޫޑިއޯއެއްގެ ބޮޑު ބަޖެޓުގެ ފިލްމެއް ކަމަށްވެސް ޚަބަރުތައް ބުނެއެވެ. ނަމަވެސް އަދި ވެސް ފިލްމާ ބެހޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

"ބޭހަދު" އާއި "ބޭޕަނާ" ފަދަ މަޝްހޫރު ޑްރާމާތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އެކްޓްރެސް ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ވަނީ ބައެއް ފިލްމުތަކުން ފެނިގެން ގޮސްފައެވެ. މީގެ އިތުރުން އޭނާ އަންނަނީ ވެބް ސީރީސް "ކޯޑް އެމް" ގެ މަސައްކަތް ކުރަމުންނެވެ.

 

View this post on Instagram

 

A post shared by Jennifer Winget (@jenniferwinget1)

ކާތިކް އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ ބޮޑު މަގުބޫލުކަމެއް ހޯދި، ބޮކްސް އޮފީހުގެ ހިޓް ފިލްމު "ބޫލް ބުލައްޔާ-2″ އެވެ. މި ފިލްމުގައި ކާތިކާ އެކުގައި ފެނިގެން ގޮސްފައިވަނީ ކިއާރާ އަދްވާނީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.