މައުސޫމް ދޮގުހަދައި، އޮޅުވާލާކަމަށް އައްޑޫ ރައްޔިތުން ގަބޫލުކޮށްފި: ނިހާދު

މައުސޫމް ދޮގުހަދައި، އޮޅުވާލާކަމަށް އައްޑޫ ރައްޔިތުން ގަބޫލުކޮށްފި: ނިހާދު

Author
މުޙައްމަދު ޝަޒައިމް
17 ޖޫން 2022 10:46
0

އައްޑޫ ސިޓީގައި ޓުވަރިޒަމް ކުރިނާރައި، ހުޅުވި ރިސޯޓްތައް ބަންދުކޮށްފައި ހުންނަތާ އެތައް ދުވަހެއް ވެގެންދާއިރުވެސް މިކަމުގައި ޓުވަރިޒަމް މިނިސްޓްރީން ދައްކަވަމުންދާ ވާހަތައް ދެކޮޅު ނުޖެހޭތީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުގެ ނުރުހުން މިނިސްޓަރ މައުސޫމަށް އަމާޒުވެއްޖެއެވެ.

އައްޑޫގައި އެންމެ ބޮޑު ދެ ރިސޯޓުގެ ގޮތުގައި އޮތް ޝަންގްރިއްލާ ރިސޯޓާއި ކެނެރީފް ރިސޯޓު ބަންދުކޮށްފައިވަނީ ކޯވިޑާއި ގުޅިގެންނެވެ. ނަމަވެސް ކެނެރީފް ރިސޯޓު މިދިޔަ މަހުގެ 15 ގައި އަލުން ހުޅުވި ނަމަވެސް މާދެވޭ ނަތީޖާއެއް ފެނިގެން ނުދެއެވެ.

284 އެނދުގެ ޝަންގްރިއްލާ ރިސޯޓު އަދިވެސް ނުހުޅުވި އޮތުމަކީ އައްޑޫގެ ގިނަ ބައެއްގެ ކަނބޮޑުވުމެކެވެ. ޚާއްސަކޮށް ސަރުކާރުގެ ހިއްސާ މި ރިސޯޓުގައި އޮތްއިރު ރިސޯޓު ހުޅުވުމަށް ގިނަ ދުވަސްތަކެއް ވުމުން، ފަތުރުވެރިކަން ރާއްޖޭގެ ކުރިއަރަމުން އަންނަ ދަނޑިވަޅުގައި އޭގެ ފައިދާ ފުރިހަމައަށް ނުނެގޭ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

ރިސޯޓް ނުހުޅުވި ލަސްވާ މައްސަލާގައި މިނިސްޓަރ މައުސޫމަށް އަމާޒު ކުރަމުންދާ ފާޑުކިޔުންތަކާއި އެކު ނިހާދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިކަމުގައި މިނިސްޓަރ މައުސޫމް އައްޑު ސިޓީގެ ރައްޔިތުންނަށް ދޮގު ހަދަމުންދަކަމަށް ރައްޔިތުން މިހާރު ގަބޫލު ކުރާކަމަށެވެ. އަބަދުވެސް ހައްލު ހޯދައި ދެއްވާނެކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި ނަމަވެސް މިކަމުގައި ކޮޅެއް މެދެއް އަދާއި ހަމައަށްވެސް ނުފެންނަ ކަމީ އޮތް ބޮޑު ކަންބޮޑުވުމެއްކަމަށް ނިހާދު ވިދާޅުވިއެވެ.

އައްޑޫ ޝަންގްރިއްލާ އަދި ހެރެތެރެ އަށް ހައްލު ހޯދައި ދޭނެކަމަށް ބުނެ މިނިސްޓަރ މައުސޫމް ހަަދަނީ ދޮގުކަމަށް ގިނަ ރައްޔިތުން ބުންނަން ފަށައިފި. މިކަމުގެ ހައްލަކީ ނުވަތަ ސްޓޭޓަސްއަކީ ކޮބައިތޯ؟ ފޭކް ސިޔާސީ ވާހަކަ އަޑު އަހަން ރައްޔިތުން ނުތިބޭނެ.

– ނިހާދު މައުސޫމަށް އަމާޒުކޮށް ކުރި ޓުވީޓުގައި ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، މިއަހަރުގެ ފެބްރުއަރީ މަހު ޝަންގްރިއްލާ ރިސޯޓު ނުހުޅުވި ލަސްވުމާއި ގުޅޭ ގޮތުން މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، ވިލިނގިލީގައި ތަރައްޤީކޮށްފައިވާ ޝަންގްރިއްލާ ރިސޯޓަކީ ސަރުކާރުގެ 30 އިންސައްތަ ހިއްސާއާއެކު އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު ހުޅުވާފައިވާ ރިސޯޓެއް ކަމަށެވެ.

ނަމަވެސް ރިސޯޓު ބަންދުކުރި ފަހުން އެއްވެސް ފައިދާއެއް ނުވެ ގިނަ ދުވަސް ވަމުންދާއިރު، ރިސޯޓަށް ލިބޭ ގެއްލުމުގެ ބަދަލުގައި ނަގަން ޖެހޭ ލޯނުގައިވެސް ސަރުކާރުގެ ހިއްސާ އޮތް ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި އެލޯނަށް މިހާރުވެސް 68 މިލިއަން ޑޮލަރު ނުވަތަ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ސަރުކާރަށް ޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ވީހާވެސް އަވަހަށް ރިސޯޓު ހުޅުވުން ކަމަށާއި، މިހާތަނަށް އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު ކުރެވުނު މަޝްވަރާތަކުން އެރިސޯޓު ހުޅުވޭނެ ވަކި ތާރީޚެއް ސާފު ވެފައި ނެތް ކަމަށެވެ. އެއީ ރިސޯޓު ނުހުޅުވި ގިނަ ދުވަސް ވުމުން މަރާމާތުތަކެއް ކުރަން ޖެހުމުންނެވެ. މިއާއެކު ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ 30 އިންސައްތަ ހިއްސާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރުމަށް ޓުއަރިޒަމް ޤާނޫނަށް އިސްލާހު ގެނެސްގެން މަސައްކަތް ކުރެވުނުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު ހުސައިން އަލީ
މީނާއަށް ނޭނގެނީތަ ކައްކާ މިނިސްޓަރާ. ބިސްގަނޑު އަޅާ ރައީސް ހަދަނީ ހުސް ދޮގުކަން؟ އެނގޭ. ޖީބަށް ވަންނަ އެއްޗެއްގެ ސަބަބުން ހިމޭނުން ހުންނަނީ. މިހާރު ލިބޭ އެތިކޮޅު މަދުވެގެން ރިލޯޑެއް ހޯދާން ބުނެލި އެއްޗެއް އެއީ. ...
ޙ ޙޮސޭން
Ihulaastheri nama thetheh hadhanvejjenun.