ވިކީ އާއި ތްރިޕްތީގެ ރޮމޭންޓިކް ފޮޓޯތަކެއް ލީކުވެއްޖެ

ވިކީ އާއި ތްރިޕްތީގެ ރޮމޭންޓިކް ފޮޓޯތަކެއް ލީކުވެއްޖެ

Author
ފާތިމަތު ނާވީ
17 ޖޫން 2022 06:43
0

ވިކީ ކޯޝަލްގެ ކުރިއަށް އޮތް ފިލްމުގެ ސެޓުން ފޮޓޯތަކެއް ލީކުވެއްޖެއެެވެ.

ކްރޮއޭޝިއާގައި ފިލްމުގެ ޝޫޓިންގ މިހާރު ނިންމާލާފައިވާއިރު ވިކީ އާއި ފިލްމުގެ ބަތަލާ ތްރިޕްތީ ދިމްރީގެ ރޮމޭންޓިކް ލަވައެއް ވަނީ ޝޫޓް ކޮށްފައެވެ.

މި ލަވަ ޝޫޓް ކުރުމުގެ ތެރެއިން ވަނީ ބައެއް ފޮޓޯތައް ލީކް ވެފައެވެ. އާނަންދު ތިވާރީ ޑައިރެކްޓް ކުރާ މި ފިލްމްގެ ފޮޓޯތައް ލީކުވުމާއި އެކުގައި ވަނީ ވައިރަލް ވެފައެވެ.

މި ފިލްމަކީ އަދި ނަމެއް ދީފައިވާ ފިލްމެއް ނޫނެވެ. މި ފިލްމާ ބެހޭ ގޮތުން އަދި މާގިނަ މައުލޫމާތެއް އަދި މިހާތަނަށް ހާމަކޮށްފައި ނުވިނަމަވެސް އެއީ ރޮމޭންޓިކް ކޮމެޑީއެކެވެ.

ވިކީ އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އޭނާގެ ތިން ފިލްމެއް އަންނަ އަހަރަށް އެބައޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނާޗީ
ނާވީ އަކަށް ލީކް ގެ މާނަ އެނގޭތަ