"ކޮފީ ވިތު ކަރަން" އަންނަމަހު 7 ގައި

"ކޮފީ ވިތު ކަރަން" އަންނަމަހު 7 ގައި

Author
ފާތިމަތު ނާވީ
16 ޖޫން 2022 04:58
0

ބޮލީވުޑްގެ މަޝްހުރު ޑައިރެކްޓަރ/ ޕްރޮޑިއުސަރ ކަރަން ޖޯހަރު ހޯސްޓް ކޮށްދޭ ޝޯ "ކޮފީ ވިތު ކަރަން" ގެ ސީޒަން 7 އަންނަ މަހުގެ 7 ގައި ޕްރީމިއާކުރާނެ ކަމަށް ބުނެފި އެވެ.

މި ޝޯއަކީ ކަރަންއާ ގާތް ބޮލީވުޑްގެ ތަރިންނާއެކު ކުރިއަށް ގެންދާ ޝޯއެކެވެ. މީޝޯއާ މެދު ހިތްހަމަ ނުޖެހި ޝޯ ތެރެއިން ކިތަންމެ ތަރިންނެއް އޭނާއަށް ވައްބަހުންވެސް ޖަހައެވެ.

މި ފަހަރުގެ ޝޯގެ ކުލައަކީ ބެލެވޭ ގޮތުގައި އޮރެންޖް ކުލައެވެ. ވަރަށް އޮރެންޖުކަން ގަދަ ސެޓެއްގައި އޮރެއްންޖު ކުލައިގެ ކޮފީމަގެއްގައި ހިފައިގެން އިން ކަރަންގެ މި ޝޯއަކީ ވަރަށް "ކްލަސީ" ކޮށް ގެނެސްދޭ ޝޯ އެކެވެ.

މި ފަހަރުގެ ސީޒަންގައި ގެންނާނެ ބައެއްތަރިންގެ ނަންތަށް ވެސް މިހާރު ވަނީ ލީކު ވެފައެވެ. އާންމުކޮށް މިޝޯގައި ބައިވެރި ކުރަނީ ބޮލީވުޑްގެ އޭލިސްޓްގެ، ކަރަންއާ ގާތް ތަރިންނެވެ.

ކުރީގެ ސީޒަންތަކާ ހިލާފަށް މި ފަހަރު ޝޯ ސްޓްރީމިން ޕްލެޓްފޯމަކުން ގެނެސްދޭން ނިންމާފައިވާތީ ކުރީގެ ސީޒަންތަކާ ވަރަށް ބޮޑަށް ތަފާތު ވަނެކަމަށްބެލެވެއެވެ.

މީގެ ކުރީގެ ސީޒަން ތަކުގައިވެސް ތަރިންގެ ވަރަށް ޕާސަނަލް ވާހަކަތައް ވަނީ މިޝޯ މެދުވަރިކޮށް ފޭނުންނާ ހިއްސާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.