އެންމެ ގިނައިން ލިބޭ ޝަކުވާއަކީ ހިޔާގެ ކުލިބޮޑުވުން، ހައްލު ގެނެސްދޭނަން: ރައީސް

އެންމެ ގިނައިން ލިބޭ ޝަކުވާއަކީ ހިޔާގެ ކުލިބޮޑުވުން، ހައްލު ގެނެސްދޭނަން: ރައީސް

Author
މުޙައްމަދު ޝަޒައިމް
15 ޖޫން 2022 10:36
0

ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އެންމެ ގިނައިން ލިބޭ ޝަކުވާއަކީ ފްލެޓްތަކުގެ ކުލި ބޮޑުވުން ކަމަށާއި، އެކަމަށް ހައްލު ގެނެސް އަދި ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުންގެ އެނޫން ކަންބޮޑުވުންތަކަށްވެސް ހައްލު ގެނެސް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ރާއްޖޭ ޓްރާންސްޕޯޓް ލިންކްގެ ބަސް ދަތުރުގެ ޚިދުމަތް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތައް ލިބެމުން އަންނަކަން ފާހަގަކުރައްވާފައެވެ.

"އެއްގަމު ދަތުރުފަތުރުގެ ދާއިމީ ހައްލު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރަށްވެހިންނަށް"، މިނަމުގައި މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ހަފްލާގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ރާއްޖޭ ޓްރާންސްޕޯޓް ލިންކްގެ ބަސް ދަތުރުގެ ޚިދުމަތް ފައްޓަވާ ދެއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އެކަށޭނެ އެއްގަމު ދަތުރުފަތުރުގެ ނިޒާމެއް ނެތުމަކީ ރައްޔިތުންގެ ބޮޑު ޝަކުވާއެއްކަމަށެވެ. ނަމަވެސް އާރްޓީއެލްގެ ބަހުގެ ޚިދުމަތާއެކު ދަތުރުފަތުރަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކާ ރައްޔިތުންނަށް، ޚާއްސަކޮށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭއިިރު ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިއްމު ކަންތައްތައް ނުނިންމާ ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އޭރު ދެވަނަ ފިޔަވަހީގައި ކުރަން ފަށާފައިވާ މަސައްކަތްތައް އަވަހަށް ނިންމުމުގެ މަސައްކަތް ފެށިކަމަށާއި އެއްބަސްވެފައިވާ މަޝްރޫޢުތަކުގެ ތެރެއިން ރައްޔިތުންނަށް ފައިދާ ކުރާ މަޝްރޫޢުތައްވެސް ލަސްނުކޮށް ކުރިއަށް ގެންދަން ފެއްޓެވިކަމަށެވެ.

ހިޔާ ފްލެޓްތަކުގައި ދިިރިއުޅޭ ރައްޔިތުންގެ ޝަކުވާތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި މީހުން ދިިރިއުޅެން ފެށިއިރު ވަރަށް ގިނަ ޚިދުމަތްތައް ފޯރުކޮށްދޭން ޖެހިފައި ހުރިކަމަށެވެ. އެގޮތުން ތައުލީމާއި ސިއްޙީ ޚިދުމަތްތަކާއި އެހެނިހެން ޚިދުމަތްތައް ހޯދަން ޖެހުނުނަމަވެސް، އުފުލަންޖެހިފައިވާ ބުރަ ބޮޑު ކަމަށެވެ.

ރައީސް ވިދާޅުވީ ދެވަނަ ފިޔަވަހީގެ ރައްޔިތުން ހުށައަޅަމުން އަންނަ ޝަކުވާތަކުގެ ތެރޭގައި ފްލެޓްތަކުގެ ކުލި ބޮޑުވުމާއި އެހެނިހެން ކަންކަމުގެ ޝަކުވާތައް ހިމެނޭކަމަށެވެ. އަދި ރައްޔިތުން ހުށައަޅާ ޝަކުވާތައް ވަރަށް ކައިރިން ބައްލަވަމުން ގެންދަވާކަމަށާއި މިހާރުން މިހާރަށް ހައްލު ގެނެވެން ހުރި ކަންތަކަށް ހައްލުގެނައުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ.

ޝަކުވާތައް ބެލުމަށް ނައިބްރައީސް އިންނަވާ ދުވަހުން ދުވަހަށް ބަލާ ހައްލު ހޯދުމަށް އަޅުގަނޑާ މަޝްވަރާ ކުރައްވާ. ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައި ކަންކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެން.

– ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި ހިޔާ ސަރަޙައްދުގައި 40000 މީހުން ދިރިއުޅެމުން ގެންދާނެކަން ފާހަގަކުރައްވާ ރައީސް ވަނީ މި ސަރުކާރުން އަޅަން ނިންމާފައިވާ 6000 ފްލެޓާއި 1000 ގޯތި ދޭއިރު 70000 އަށް ވުރެ އާބާދީ ގިނަވާނެކަމަށެވެ. އެއާއެކު ދަތުރުފަތުރުގެ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ފުޅާ ކުރަން ޖެހޭނެކަމަށާއި ތަޢުލީމާއި ސިއްޙީ ޚިދުމަތްތައްވެސް ފުޅާވާންޖެހޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

k kinboo
kuli kuda koffa noonee boge hoadhan naannaath
މ މޡ
އާމިއޮން ވޯޓުލާދުވަސް ކައިރިވަނީ ވޯޓައް ކިހާކުޑައެއް ކުރެވޭނެބާ؟؟؟
ޖ ޖަބީލް
ހިޔާ ސަހަރު ރައްޔިތުން ގަބޫލުކުރާނެކަމަށް ހީ ނުކުރާތި ތިޔަދެއްކިވާހަކަ ކުލި ކުޑަކުރީމަ ގަބޫލް ކުރާނީ އިތުރައް ވޯޓްހޯދަން ނޫޅޭތި ކުލިކުޑަނުކޮށް