ސަރުކާރުގެ ހުރިހާ ދިމާލެއްގައި އޮތޯ ކޮރަޕްޝަން ކަމަށާއި، މިކަމުގެ ނަތީޖާ ފެނިގެންދަނީ ވަރަށް ހިތި ގޮތަކަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
ނިމިދިޔަ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކޮށް ބަލިވި އިންތިއަކީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ސަރުކާރުގެ ގިނަ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. ޚާއްސަކޮށް އިންސާލަހު ކުރަންޖެހޭ ގިނަ ކަންމުގައި މަޖިލިސް ތެރޭގައިވެސް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ބޭފުޅަކީ އިންތިއެވެ.
އިންތި މިހެން ވިދާޅުވީ ކަނޑުމަގުން ރާއްޖެ އެތެރެކުރި ކޮންޓެއިނަރެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައެވެ. އިންތި ވިދާޅުވީ އިންތިހާއަށް ޑްރަގަސް ފެނި، ރާއްނެ ކޮލަމްބިއާއަކަށް ބަދަލުވެގެން ދަނީ މުޅި ސަރުކާރުގައި ކޮރަޕްޝަން ހައްދު ފަހަނައަޅާ ދާ ހިސާބުގައި އޮތުމުން ކަމަށެވެ.
ހުރިހާ ދިމާއަކަށް ކޮރަޕްޝަން ވަދެ އާންމުވުމުގެ، ނަތީޖާއަކަށް ވެގެން މިދަނީ ރާއްޖެ ކޮލަމްބިއާ އަކަށްވުން!
– އިންތި ވިދާޅުވިއެވެ.
ކޮލަންބިއާއަކީ ދުނިޔޭގައި ޑްރަގްސްގެ ކަންކަން އެންމެ ބޮޑު އެއްޤައުމެވެ. އަދި ޑްރަގްސް އެންމެ ފަސޭހައިން ލިބޭ ޤައުމުތަކުގެ ތެރޭގައިވެސް ކޮލަމްބިއާ ފާހަގަ ކޮށްލެއެވެ. އިންޑިއާ އިން ރާއްޖެ އައި މިބޯޓުގެ ކޮންޓެއިނަރުގެ ތެރޭގައި ދެ ޕެލެޓު ފުރާ މަސްތުވާތަކެތި ހުރި ކަމަށް މައުލޫމާތު ލިބެއެވެ.
މިހާރު ފުލުހުންނާއި ކަސްޓަމްސްއިން ކޮންޓެއިނަރު ޗެކްކުރުން ކުރިއަށް ގެންދާއިރު، މިހާތަނަށް ފެނިފައިވަނީ ސީދާ ކިހާ އަދަދެއްގެ އަދި ކޮން ބާވަތެއްގެ މަސްތަވުތަކެތިކަން ނޭގެއެވެ.
މިފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކުރާކަން ފާހަގަކޮށްލެވެއެވެ. މިމައްސަލަތަކުގައި އަތުލައި ގަނެވޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ދޫވާ މައްސަލައަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.
ކޮމެންޓު ފޮނުވާ