އިންޑިއާގެ އަންހެނަކު އަމިއްލަ ނަފްސާ ކައިވެނި ކޮށްފި

އިންޑިއާގެ އަންހެނަކު އަމިއްލަ ނަފްސާ ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
12 ޖޫން 2022 08:47
0

އިންޑިއާގެ ގުޖުރާތަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ކްޝަމާ ބިންދޫ އޭނާގެ އަމިއްލަ ނަފްސާ ކައިވެނިކޮށްފިއެވެ.

މި ކައިވެނި ކޮށްފައިވަނީ ޖޫން 8 ވަނަ ދުވަހުއެވެ. ހިންދޫ ދީނުގެ އާދަކާދަތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ނަފްސާ އޭނާ ކުރި ކައިވެނި ރެޖިސްޓަރ ކުރާނެ ކަމަށް ބިންދޫ ބުނެއެވެ.

ހިންދޫ ދީނުގެ ކައިވެނީގެ ކުރިން އޮންނަ ބައެއް ހަފްލާތައް ކަމުގައިވާ ހަލްދީ ސެރެމޮނީ އަދި މެހެންދީ ސެރެމޮނީ އާއި ސަންގީތު ސެރެމޮނީވެސް ވަނީ ބާއްވާފައެވެ.

ބިންދޫ ބުނިގޮތުގައި އޭނާ އަމިއްލަ ނަފްސާއި ކައިވެނި ކުރީ މީހެއްގެ އަތްނބަކަށް ވާން ބޭނުންނުވާތީ ކަމަށެވެ.

"އަބަދުވެސް ލޯގަނޑު ކުރިމައްޗަށް އަރާފައިބުނަން އަމިއްލަ ނަފްސާއި ވަކިނުވާނެކަމަށް. އަމިއްލަ ނަފްސު ދެކެ ލޯބިވާނެ ކަމަށް"

– ބިންދޫ

ޓީވީއަށް ދިން އިންޓަވިއު އެއްގައި ވާހަކަ ދައްކަމުން އޭނާ ބުނެފައި ވެއެވެ. އަދި މިހާރު ވަރަށް ބޮޑަށް އަމިއްލަ މީހާއަށް ކުރާ އިތުބާރު ބޮޑުވެއްޖެ ކަމަށް ބުނެފައިއެވެ.

މިކައިވެނީގެ ޚަބަރު އަޑު އިވުމާއި އެކު ބީޖޭޕީން ވަނީ މި ކައިވެނި ހުއްޓުވުމަށް ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ވަރަށް ގިނަ އަޑިގުޑަންތައް ހުރަސްކޮށް މިހާރު މި ހުރީ ކައިވެނި ކޮށްގެން ކަމަށް ބިންދޫ ބުނެއެވެ.

ކައިވެންޏަކަށް އެންމެ މުހިންމީ ޕަންޑިތު (ކައިވެނި ކޮށްދޭމީހާ) ކަމަށާއި ނަމަވެސް ބިންދޫ ކައިވެނި ކުރީ ޕަންޑިތަކާ ނުލައި ޔޫޓީއުބުން އަޑުއަހައިގެން ކައިވެނިކުރީ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތމ
މޮޔަ އިންޑިޔާ