ސައުތުގެ މަޝްހޫރު އެކްޓްރެސް ނަޔަންތަރާ އާއި ލޯބިވެރިޔާ އެކްޓަރ ވިގްނޭޝް ޝިވަން ވަރަށް ކުލަ ގަދަ ހަފްލާއެއްގައި ކައިވެނިކޮށްފިއެވެ.
ދެމީހުންގެ ކައިވެނީގެ ފޮޓޯތައް ވިގްނޭޝް ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. ރަތްކުލައިގެ ސާރީއެއްގައި ބޮޑެތި ޖުވެލަރީތަކަކާއެކު ނަޔަންތަރާ ފެނިގެން ދިއައިރު ވިގްނޭޝް ހުރީ ޕޭސްޓަލް ކުލައިގެ ސަލްވާރު ގަމީހެއްގައެވެ.
އިނޑިއާގެ ސަގާފަތާއި އާދަކާދައާ އެއްގޮތަށް ބޭއްވި މި ކައިވެނީގައި ބޮލީވުޑް އަދި ސައުތުގެ ގިނަ ތަރިންތަކެއް ވަނީ ބައިވެރި ވެފައެވެ.
From Nayan mam … to Kadambari … to #Thangamey …. to my baby ….. and then my Uyir … and also my Kanmani ….. and now … MY WIFE 😇☺️😍😘❤️🥰🥰😘❤️😇😇😍😍 #WikkiNayanWedding #WikkiNayan pic.twitter.com/5J3QT71ibh
— Vignesh Shivan (@VigneshShivN) June 9, 2022
މިދެމީހުން ބައްދަލުވެފައިވަނީ 2015 ވަނަ އަހަރުގެ ފިލްމް "ނާނަމް ރައުޑީ ދާން" ގެ ސެޓުންނެނެވެ.
ރައްޓެހިވެގެން އެކުގައި އުޅޭތާ 7 ވަރަކަށް އަހަރުފަހުން މިދެމީހުން ކައިވެނީގެގޮއް ޖެހިއިރު ދެމީހުން ލިވިންގް ރިލޭޝަން ޝިޕްއެއްގައި އުޅެމުން އަންނަނަތާވެސް ދުވަސްތަކެއް ވެއްޖެއެވެ.