ޔާމީން، ރައީސަށް: ސިޔާސީ ބޭނުމަށް ހަގީގަތް އޮޅުވާލުމަކީ ދަށުދަރަޖައިގެ ކަމެއް

ޔާމީން، ރައީސަށް: ސިޔާސީ ބޭނުމަށް ހަގީގަތް އޮޅުވާލުމަކީ ދަށުދަރަޖައިގެ ކަމެއް

Author
މުޙައްމަދު ޝަޒައިމް
09 ޖޫން 2022 03:03
0

ސިޔާސީ ބޭނުމަށް ހަގީގަތް އޮޅުވާލުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއްކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރުގެ ރައްދެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދެއްވައިފިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ ދައުރުގައި އެޅުއްވި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ގުޅޭގޮތުން ރައީސް ޞާލިހު އިއްޔެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓުގައެވެ. ރައީސް ޔާމީން ވިދާޅުވީ ރައީސް ޞާލިހަކީ އަބަދުވެސް ހަނދާން ނެތުމުގެ މައްސަލަ ކުރިމަވެފައިވާ ބޭފުޅެއްކަމަށެވެ. އެއްވެސް ކަމަކީ ތިމާގެ އަމިއްލަ ސިޔާސީ މަންފާއަށް އެކަނި ދައްކާ ނިންމާލަންޖެހޭ ޒާތުގެ ވާހަތަކެއް ނޫންކަމަށް ޔާމީން ވިދާޅުވިއެވެ.

އަބަދުވެސް ހަނދާނެތުމުގެ މައްސަލަ ކުރިމަތިވާ، ރައީސް ސާލިހުގެ ކިބައިން އަނެއްކާވެސް މިވަނީ އޭގެ އަލާމާތްތައް ފެނިފަ. ސިޔާސީ ބޭނުމަށް ހަގީގަތް އޮޅުވާލުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް. އަދި މިއިންވެސް މިފެންނަ އަލާމާތަކީވެސް ރައީސް ސާލިހުއަކީ ކަންކަމުގެ ހަނދާން ހުންނަ މީހެއް ނޫންކަން.

– ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ 116 މިލިޔަން ޑޮލަރަށް އެޅޭ ބްރިޖެއްކަމަށް ރައީސް ޞާލިހު ވިދާޅުވިއިރު، ރައީސް ނަޝީދުގެ ވެރިކަމުގެ ތެރޭގައިވެސް އުޅުއްވީ މިފަދަ މަސައްކަތެއް ކުރުމަށް އިންޖިނިއަރިން ހެދުމުގެ ބޯގޭނުމުގައިކަމަށެވެ.

116 މިލިއަން ޑޮލަރުން ހުޅުމާލެ ބުރިޖް ނޭޅުމަކީ ދެރަކަމެއް ކަމަށްވިދާޅުވާއިރު، ރައީސް ނަޝީދު 3 އަހަރު ވަންދެން ހަމައެކަނި ބޯގޭނި ކަމަކީ މިހާ އުދަގޫ އިންޖިނިއަރިން މަސައްކަތެއް ކުރެވޭނީ ކިހިނެއްތޯ ބެލުން.

– ރައީސް ޔާމީން ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖާއި ތިލަމާލެ ބްރިޖް މަޝްރޫޢުގެ އަގުތައް އަޅާކިޔައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު އިއްޔެ ވިދާޅުވީ 1.3 ކިލޯމީޓަރުގެ ސިނަމާލޭ ބްރިޖް މަޝްރޫއަށް 193 މިލިއަން ޑޮލަރު ކުރީ ސަރުކާރުން ހޭދަކޮށްފައިވާއިރު، 7.5 ކިލޯމީޓަރު ދިގު ތިލަމާލޭ ބްރިޖަކީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ސިނަމާލޭ ބްރިޖުގައި އަކަމީޓަރަކަށް 6325 ޑޮލަރު ޖެހޭއިރު، ތިލަމާލޭ ބްރިޖުގައި އަކަމީޓަރަކަށް ޖެހެނީ 3832 ޑޮލަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސިނަމާލެ ބްރިޖް އަޅާފައިވަނީ %65 އަގުބޮޑުކޮށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަގުގެގޮތުން ބަލާއިރު ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުރި. ތިލަމާލޭ ބްރިޖުއެޅި އަގުގައި ސިނަމާލޭ ބްރިޖް އެޅިނަމަ 116 މިލިއަން ޑޮލަރުން އެޅޭނެ. އަޅުގަނޑުމެންނަށް އެ ބްރިޖް އަޅަން ލިބުނުނަމަ 116 މިލިއަން ޑޮލަރަށް ހުޅުމާލޭ ބްރިޖް އެޅޭނެ. އެހެންވީމަ ބޮޑުއަގުގައި ކޮށްފައި އިންވެސްޓްމަންޓެއް އެއީ.

– ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބްރިޖް މަޝްރޫޢު އަވަސްކުރުމަށްޓަކާ ކޮންޓްރެކްޓަރުގެ ފަރާތުން އިތުރު 26 މިލިއަން ޑޮލަރު ބޭނުންވާކަމަށް ބުނެފައިވީނަމަވެސް، އެކަމަށް ސަރުކާރުން އެއްބަސްވެފައިނުވާކަމަށެވެ. އެހެންނަމަވެސް މި މަޝްރޫޢުގައި ހިމެނޭ މާލެއާއި ވިލިމާލެއާއި ދެމެދު އަޅާ ބްރިޖުގެ މަސައްކަތް އަންނަ އަހަރަށް ނިންމުމަށްޓަކާ، މަސައްކަތް އަވަސްކުރުމާގުޅޭގޮތުން ސަރުކާރުން ކޮންޓްރެކްޓަރާއި މަޝްވަރާކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

K Kalhey
Mi gaumugaa mioy laainsaanee makkaaru ghadhdhaarunge sarukaarun olhuvaa nulanee makaru nuhadhanee feyri nugannanee kon kameh thoa kon echcheh thoa.??
a ahmed
ވަގު ކިނބޫ އިސްތިއުފާ އިންޑިއާ އައުޓް