ކޯލިޝަނުން ގުޅިގެން އެމްޑީޕީ ބައިބައިކޮށް، އުފެއްދި ގިނަ ބަޔަކު އެކަހެރިކޮށްފި: ސިފާ

ކޯލިޝަނުން ގުޅިގެން އެމްޑީޕީ ބައިބައިކޮށް، އުފެއްދި ގިނަ ބަޔަކު އެކަހެރިކޮށްފި: ސިފާ

Author
މުޙައްމަދު ޝަޒައިމް
09 ޖޫން 2022 11:41
0

ވެރިކަން ކުރާ ކޯލިޝަނުން ބޭނުންވި އެޖެންޑާތައް ހާސިލްކޮށް، އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ތިބި އެތައްބަޔަކު އެކަހެރިކޮށް، އެމްޑީޕީ ބައިބައި ކޮށްފައިވާކަމަށް އެމްޑީޕީގެ މާލެ ސިޓީގެ ރައީސާ ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަނެއްގެ ތެރެއިން ވާދަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. ރައީސްގެ މިވާހަތަކާއި ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ދަނީ ރައީސް ޞާލިހަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. އަދި ރައީސް ނަޝީދުވެސް ވަނީ ރައީސް ޞާލިހަށް ރައްދު ދެއްވާފައެވެ.

ރައީސް ޞާލިހުގެ ވާހަކަތަކަށް ފާޑު ވިދާޅުވަމުން ސިފާ ވިދާޅުވީ ކޯލިޝަނެއްގެ ތެރެއިން ހާސިލް ކުރަން ބޭނުންވީ ފޮރުވިފައިވާ އެޖެންޑާއެއް ކަމަށެވެ. ކޯލިޝަނެއްގެ ތެރެއިން ކުރި މަސައްކަތުން އެމްޑީޕީ ބައިބަކޮށް، ޕާޓީ އުފެއްދުމުގައި ހަރަކަތްތެރިވި އެތައް ބަޔަކު އެކަހިރި ކޮށްފައިވާކަމަށް ސިފާ ވިދާޅުވިއެވެ.

ކޯލިޝަން ކިޔާފަ ވެރިންގެ އޮތީ ފޮރުވިފައިވާ އެޖެންޑާތައް. އެންމެން އެއްބަސްވި އެއްކަމެއް ވެއްޖެ. އެމްޑީޕީއާއި އޭގެ އުފެއްދުމުގައި ތިބި ގިނަ ބަޔަކު އެކަހެރި ކުރެވިއްޖެ. އަދި ރައީސް ނަޝީދު ފުރާނަޔަށް ނުރައްކާ ވެއްޖެ. މިކަމުގެ އަޑިއެއްނޭގޭ. ޑރ.އަފްރާޝީމްގެ ގާތިލުން ނޭގުނު ފަދައިން. ސިފާ ވިދާޅުވިއެވެ.

2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެންމެ މުހިއްމު އެމްޑީޕީއަށް ވެރިކަން ލިބުންކަމަށާއި އަދި އެއީ މުޅި ރާއްޖެއަށްވެސް އޮތް އެންމެ ފައިދާ ހުރި ގޮތްކަމަށެވެ. މިހާރު ކުރިޔަށްދާ މަޝްރޫއުތައް ކުރިޔަށްގެންދަން ދެވަނަ ދައުރެއް ލިބެންޖެހޭކަންވެސް ރައީސް ފާހަގަކުރެވިއެވެ. އެހެންނަމަވެސް އެކަނި އެއްވެސް ޕާޓީއަކަށް އިންތިޙާބު ކާމިޔާބު ނުކުރެވޭނެކަމަށާއި އެކަން ކުރަންޖެހޭނީ ގިނަ ޕާޓީތަކެއް އެެކުވެގެންކަމަށް ރައީސް ވިދާޅުވީއެވެ.

އަޅުގަނޑަށް ޔަޤިންކަން އެބައޮތް ކޯލިޝަނަކާއި އެކީ އެމްޑީޕީ އިސްވެ އޮވެ ބަޔަކާއި އެކީ ނުކުމެ 2023 އަޅުގަނޑަށް ކާމިޔާބުކުރެވޭނެކަމަށް. އެމްޑީޕީ އެކަންޏެއް ނުވާނެ. ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެނޑިޑޭޓެއް. އަޅުގަނޑު މިހިރަ ޔަޤީންކަމަކީ އަޅުގަނޑަށް ކާމިޔާބުކުރެވޭނެކަމުގެ ޔަޤީންކަން އޮތް ވާހަކަ. އެމްޑީޕީއަށް ވެރިކަން ބޭނުންނަމަ އަޅުގަނޑު މިހިރީ ޗޮއިސްއެއް.

– ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޙާބަށް ނުކުންނަވާނެކަން ރައީސް އިުލާންކުރެއްވިއިރު އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ. ރައީސް ސާލިހު ބޭއްވެވި ޕްރެސް ކޮންފަރެންސް ނިންމަވާލެއްވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ވަރަށް ގިނަ ބަޔަކު މެސެޖު ކުރައްވަމުން ގެންދަވާތީ، މިއަދުގެ ހާލަތަކީ، އަމިއްލަ އެދުން އިސްކޮށް ވެރިކަމަށް ފައިނަގަންވީ ވަގުތު ނޫން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.