ނަޔަންތަރާގެ ކައިވެނި މިމަހު

ނަޔަންތަރާގެ ކައިވެނި މިމަހު

Author
ފާތިމަތު ނާވީ
08 ޖޫން 2022 12:14
0

ސައުތުގެ މަޝްހޫރު އެކްޓްރެސް ނަޔަންތަރާ އާއި ލޯބިވެރިއާ، އެކްޓަރ ވިގްނޭޝް ޝިވަން މިމަހު ކައިވެނި ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ވަރަށް ކުލަގަދަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކައިވެނި އޮންނާނީ މިމަހުގެ 9 ވަނަ ދުވަހުގައި ކަމަށް ޚަބަރުތައް ބުނެއެވެ.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

ނަޔަންތަރާ އާއީ ވިގްނޭޝް ބައްދަލުވީ 2015 ވަނަ އަހަރު "ނާނަމް ރައުޑި ދާމް"ގެ ސެޓުންނެވެ. ދެމީހުން ބައްދަލުވުމުގެ ކުރިން ސައުތުގެ ނަންމަޝްހުރު ބައެއް ތަރިންނާއި ނަޔަންތަރާގެ ނަން ގުޅުނެވެ. އޭގެ ތެރޭގައި ޕްރަބޫ ދޭވާ ވެސް ހިމެނެއެވެ. ނަމަވެސް ލޯބީގައި އޭނާ ވީ ފެއިލްއެވެ.

ފިލްމަށް ފަހު ދެމީހުންގެ ގުޅުން ބަދަހިވެ ބޭރުތެރެއިން ފެންނަށް ފެށިއެވެ. އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާން ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި 2021 ގައި އެމީހުން އެންގޭޖްމެންޓް އިއުލާން ކުރިއެވެ.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

ކައިވެނި އިއުލާން ކުރިނަމަވެސް ދެމީހުން އެކުގައި ލިވިން ރިލޭޝަން ޝިޕްއެއްގައި އުޅެމުން އަންނަތާ ދެ އަހަރެއްހާ ދުވަސް ވެފައި ވާކަމަށާއި ސިއްރުން އެމީހުން ކައިވެނި ކޮށްފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.