އަދިއްތިޔާ އަށް ކޮވިޑް ޖެހި "އޯމް" ގެ މަސައްކަތް ހުއްޓުމަކަށް

އަދިއްތިޔާ އަށް ކޮވިޑް ޖެހި "އޯމް" ގެ މަސައްކަތް ހުއްޓުމަކަށް

Author
ފާތިމަތު ނާވީ
06 ޖޫން 2022 05:03
0

ބޮލީވުޑްގައި އަނެއްކައިވެސް ކޮވީޑް ޖެހޭ އަދަދު އިތުރުވަމުން އަންނަ އިރު ބައެއް ފިލްމް ތަށް ވެސް ވަނީ މެދުކަނޑާލަން ޖެހިފައިއެވެ.

އެގޮތުން މިހާރު އުފައްދަމުން އަންނަ "އޯމް" ގެ މަސައްކަތް ވެސް ފިލްމް ގެ ތަރި އަދިއްތިޔާ ރޯއީ ކަޕޫރު ކޮވިޑް އަށް ޕޮޒިޓިވް ވުމުން ވަނީ ހުއްޓުމަކަށް އައިސްފައިއެވެ.

މި ހަފްތާގައި ގިނަ ތަރިން ތަކެއް ވަނީ ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާކަން އިއުލާން ކޮށްފައިއެވެ. އެގޮތުން ކާތިކް އާރިޔާން، ޝާހުރުކް ހާން އަދި ކެޓްރީނާ ކައިފް ފަދަ ތަރިން ހިމެނެއެވެ.

ކޮވިޑްގެ ބަލިމަޑުކަން ވަރަށް ބޮޑަށް ރަނގަޅު ވެފައި ވަނިކޮށް އަނެއްކައިވެސް ގިނަ ބަޔަކު ޕޮޒިޓިބް ވަމުން އަންނަ އިރު މިފަހުން ބޮލީވުޑްގެ ނުފޫޒު ގަދަ ޑައިރެކްޓަރު ކަރަން ޖޯހަރުގެ އުފަންދުވަހު ޕާޓީއަށް ދިއަ 55 މިހާކު ޕޮޒިޓިވް ވެފައި ވާކަމަށް ހބަރުތަށް ބުނެއެވެ.

ވަރަށް ކުަލަގަދަކޮށް ބޭއްވި މިހަފްލާއަށް ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން ވަނީ ބައިވެރިވެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.