ޖޭސްމިން ބޮލީވުޑްއަށް

ޖޭސްމިން ބޮލީވުޑްއަށް

Author
ފާތިމަތު ނާވީ
05 ޖޫން 2022 09:38
0

ޑްރާމާ ސިލްސިލާ ތަކުން މަޝްހޫރު ކަން ހޯދައިފައިވާ އެކްޓްރެސް ޖޭސްމިން ބާސިން އަށް ބޮލީވުޑް އިން ފުރުސަތެއް ލިިއްޖެއެވެ.

މިދިއަ މަހުގައި ޖޭސްމިން އާއި ލޯބިވެރިއާ އަލީ ގޯނީ ވަނީ ކައިވެނި އިއުލާން ކޮށްފައިއެވެ. ސޯޝަލް މީޑީއާގައި ކަިއވެނި ކުރާކަން އިއުލާން ކުރި ނަމަވެސް އަދި ތާރީ އަދި އިއުލާން އެއް ނުކުރެއެވެ.

31 އަހަރުގެ ބަތަލާ އަށް ފުރުސަތު ލިބިފައި ވަނީ "ރާޒް" ފަދަ ފިލްމްތަށް ގެނެސްދިން، ވިކްރަމް ބަޓް ޕްރޮޑިއުސްކުރާ ފިލްމަކުން ނެވެ. އެފިލްމްގެ ނަމަކީ "ހަނީމޫން" އެވެ.

 

View this post on Instagram

 

A post shared by Jasmin Bhasin (@jasminbhasin2806)

 

މިދިއަ ހަފްތާގައި ޓީވީ ތަރި ތޭޖަސްވެސް ވަނީ އޭނާ ބޮލީވުޑް ފިލްމް އެއް މަސައްކަތް ކުރަމުން އަންނަ ކަން އިއުލާން ކޮށްފައިއެވެ. ޓީވީ ތަރިން އަންނަނީ އެމީހުންގެ ބޮލީވުޑް އަށް ތައާރަފް ވަމުންނެވެ.

ޖޭސްމީން ގެ މަޝްހޫރު ޑްރާމާ ތަކުގެ ތެރޭގައި "ދިލް ސޭ ދިލް ތަކް" އާއި "ނާގިން 4″ އަދި "ޓަޝްނޭ އޭ އިޝްގް" ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.