ކާތިކަށް ދެވަނަ ފަހަރަށް ކޯވިޑް ޖެހިއްޖެ

ކާތިކަށް ދެވަނަ ފަހަރަށް ކޯވިޑް ޖެހިއްޖެ

Author
ފާތިމަތު ނާވީ
05 ޖޫން 2022 11:28
0

ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔާން އަށް ދެވަނަ ފަހަރަށް ކޯވިޑް ޖެހިއްޖެއެވެ. ކާތިކް ވަނީ މިދިއަ އަހަރު މާޗް މަހުގެ 19 ވަނަ ދުވަހުވެސް ކޯވިޑް ޖެހިފައިވާ ކަން އިއުލާން ކޮށްފައެވެ.

ދެވަނަ ފަހަރަށް ކޯވިޑަށް ޕޮޒިޓިވް ވީކަން އިއުލާން ކުރަމުން ކާތިކް ބުނެފައިވަނީ ދިރިއުޅުމުގެ ހުރިހާ ކަމެއް ދަނީ ޕޮޒިޓިވްކޮށް ކަމަށެވެ. ނަމަވެސް ކޯވިޑް އިން އަދިވެސް އަރައި ނުގަނޭވަކަމަށެވެ.

ކާތިކަށް ކޯވިޑް ޖެހުނުކަން އެގުނީ އަބޫ ދާބީގެ ޔާސް އައިލޭންޑްގައި ބާއްވާ އައިފާ އެވޯޑަށް ދިއުމަށް ތައްޔާރުވަމުން ދަނިކޮށެވެ. މިވަގުތު އޭނާ ނުހީ މުމްބާއީގައެވެ. އޭނާ ވަނީ ދާދިފަހުން ރައްޓެއްސެއްގެ ކައިވެންޏަސްވެސް މުމްބާއީން ބޭރަށް ގޮސްފައެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

ކާތިކް އަންނަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ބޫލް ބުލައްޔާ2″ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަމުންނެވެ. މި ފިލްމުގެ ކާމިޔާބާ އެކުގައި ކާތިކްގެ ޑިމާންޑް ވަނީ އިތުރުވެގެން ގޮސްފައެވެ. އަދި މި ކާމިޔާބީއާއެކު އޭނާ ވަނީ ފިލްމު ކުޅެދޭ އަގުވެސް ބޮޑު ކޮށްފައެވެ.

ކާތިކްގެ ކުރިއަށް އޮތް ފިލްމަކީ "ފްރެއްޑީ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.