ށ.ބިލެއްފަހީގައި ސަރުކާރުން ތަރައްޤީކުރާ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފައިވާކަމަށް މިމަސައްކަތް ކުރާ އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނެފައިވަނީ ބިލެއްްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 79 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތްތައް ވަނީ ނިމިފައިކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެމްޓީސީސީން އަމާޒު ހިފާފައިވަނީ މިމަހުގެ ނިޔަލަށް ބަނދަރުގެ މަސައްކަތް ނިންމުމަށެވެ.
Work on design and build of Sh. Bilehfahi Harbor Development Project is well underway, with overall 79% project progress. We have completed breakwater profiling works.#MTCCProjects #RayyithungeKunfuni pic.twitter.com/ikxrbpuFrY
— MTCC Plc (@MTCCPlc) June 5, 2022
ބިލެއްފަހީގައި ކުރިން އޮތް ބަނދަރު މަރާމާތުކޮށް އެ ބަނދަރަށް އިތުރު ބައެއް ގުޅާލުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އޭރު ބަނދަރު ބޮޑުކުރުމަށް ސަރުކާރުން ނިންމާފައި އޮތީ 100 ފޫޓްގެ ސަރަހައްދެކެވެ. އެހެން ނަމަވެސް ރައްޔިތުންގެ އެދުމުގެ މަތިން ކައުންސިލުން ކުރިމަސައްކަތުން އިތުރު 200 ފޫޓް ބަނދަރަށް އިތުރު ކުރުންވެގެންދިޔައީ ރައްޔިތުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ.
ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން 50376 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 434 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 181 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. އަދި 1,565 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
ކޮމެންޓު ފޮނުވާ