ފިލްމީ ތަރި އަޒޫ އާއި ސައީދު ޖޭޕީ އަށް

ފިލްމީ ތަރި އަޒޫ އާއި ސައީދު ޖޭޕީ އަށް

ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ދެ ފަންނާނުން ކަމަށްވާ ފާތުމަތު އާޒިފާ (އަޒޫ) އާއި އަހުމަދު ސައީދު ޖުމްހުރީ ޕާޓީ (ޖޭޕީ) އަށް ސޮއިކޮށްފިއެވެ.

ޖުމްހޫރީ ޕާޓީއަށް މި ތަރިން ސޮއިކޮށްފައިވަނީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ސައީދުގެ ދެކަނބަލުންގެ ފޯމާއި ހަވާލުވީ ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް އަހުމަދު ސައުދެވެ. ސައީދަކީ ވެމްކޯގެ އިސް މަޤާމެއް ފުރުއްވަމުންދަ ބޭފުޅެކެވެ.

ސިޔާސީ ހަރަކާތްތައް ޖުމްހޫރީ ޕާޓީގައި މަދުވެފައިވާ މިދުވަސްކޮޅު އެޕާޓީން ދަނީ އާންމު މެމްބަރުން އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ސައީދު ބުނެފައިވަނީ ޖޭޕީއާއި ގުޅުނީ ގާސިމް އިބްރާހީމަކީ ދެގޮތެއް ނުވެ ދިވެހި ރައްޔިތުންނަށް ހިދުމަތްކޮށް ދެއްވުމުގައި ސާބިތުވެ ހުންނެވި ބޭފުޅަކަށްވާތީ ކަމަށެވެ. އަދި ޖޭޕީއަކީ ކުރިއަށް ދިއުމުގެ ފުރުސަތު އޮތް ޕާޓީއަކަށް ވުމުންކަމަށެވެ.

ޖުމްހޫރީ ޕާޓީން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އެޕާޓީން ބުނެފައިވަނީ މިފަހަރަކީ ޤާސިމްގެ ފަހަތަށް އެހެން ބޭފުޅުން އަރަންވީ ފަހަރު ކަމަށެވެ. ކޮންމެ ފަހަރަކު ޤާސިމް އެހެން ބޭފުޅުންނަށް ވެރިކަން ހޯދުމަށް މަސައްކަތް ކުރައްވާއިރު މިފަހަރު މިފަހަރު ޤާސިމަށް އެފުރުސަތު ލިބެންޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ އިސްބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މީވެސް ދެން ހަބަރެއްގަ ލިޔާ ވަރުގެ ކަމެއް ތަ؟

Leave a Reply

Your email address will not be published. Required fields are marked *