"އިޝްގް ވިޝްކް"ގެ ދެވަނަ ބައި އިއުލާންކޮށްފި

"އިޝްގް ވިޝްކް"ގެ ދެވަނަ ބައި އިއުލާންކޮށްފި

Author
ފާތިމަތު ނާވީ
05 ޖޫން 2022 04:27
0

މީގެ 19 އަހަރު ކުރިން ގެނެސްދިން ފިލްމު "އިޝްގް ވިޝްކް"ގެ ދެވަނަ ބައެއް އިއުލާންކޮށް، އޭގެ ޝޫޓިންގ ފަށައިފިއެވެ.

"އިޝްގް ވިޝްކް" އަކީ ބޮލީވުޑްގައި މިހާރު ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރު އިންޑަސްޓްރީއަށް ނެރެދިން ފިލްމެވެ.

މި ފިލްމުގެ ދެވަނަ ބައިގެ ޝޫޓިންގ ފަށާފައި ވާއިރު ފިލްމުން ފެނިގެންދާނީ ޕްރިޔަންކާ ޗޯޕްރާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމު 2019ގެ "ދަ ސްކައި އިޒް ޕިންކް"ގެ ރޯލެއް ކުޅުނު ރޯހިތު ސަރަފާއި، ރިތިކް ރޯޝަނާ ދެބޭންގެ ދެދަރި ޕަޝްމީނާ ރޯޝަނާއި 2001 ގެ "ކަބީ ޚުޝީ ކަބީ ޣަމް" ގައި ޝާހްރުކް ޚާނާއި ކާޖޮލްގެ ދަރިފުޅުގެ ރޯލު ކުޅުނު ޖިބްރާން ޚާންގެ އިތުރުން ނާއިލާ ގްރެވާލް އެވެ.

 

View this post on Instagram

 

A post shared by Rohit Suresh Saraf (@rohitsaraf)

މި ފިލްމު ޝާހިދާ ނުލައި ހަދާއިރު ފިލްމަށް ދީފައިވާ ނަމަކީ "އިޝްގް ވިޝްކް ރީބައުންޑް" އެވެ. ފިލްމު ޑައިރެކްޓް ކުރަނީ ނިޕޫން އަވިނާޝް ދަރަމްއަދިކާރީއެވެ.

2003 ގައި ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "އިޝްގް ވިޝްކް"ގެ މައިގަނޑު ކާސްޓުންނަކީ ޝާހިދުގެ އިތުރުން އަމްރިތާ ރާއޯ، ވިޝާލް މަލްހޮތުރާ އަދި ޝެނާޒް ޓްރެޝަރީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.