ބޮޑު ފްލޮޕަށް ފަހު ކަންގަނާ އަނެއްކައިވެސް އިތުރު ފިލްމްއެއް ފަށައިފި

ބޮޑު ފްލޮޕަށް ފަހު ކަންގަނާ އަނެއްކައިވެސް އިތުރު ފިލްމްއެއް ފަށައިފި

Author
ފާތިމަތު ނާވީ
04 ޖޫން 2022 07:38
0

ބޮލީވުޑް އަށް އެތަށް ކާމިޔާބު ފިލްމް އެއް ދީފައިވާ އެކްޓްރެސް ކަންގަނާ ރަނާވަތުގެ އެންމެ ފަހުގެ ފިލްމް "ދާކަޑް"ގެ ބޮޑޫ ފްލޮޕް އަށް މަހެއް ނުވެގެން އުޅެނިކޮށް އަނެއްކައިވެސް އިތުރު ފިލްމް އެއްގެ މަސްއކަތް ފަށައިފިއެވެ.

މިފަހަރު އޭނާ މަސައްކަތް ފެށި ފިލްމް އަކީ "އިމަޖެންސީ" އެވެ. މި ފިލްމް އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީ ވެރިކަމުގެ ދުވަސްވަރުގެ ހާދިސާތަކެއް ކިޔައިދޭނެ ސިޔާސީ ފިލްމެކެވެ.

ވަރަށްބޮޑު އުންމީދެއް ކުރި 4 ފަހަރަށް ނެޝެނަލް އެވޯޑް ހޯދި ބަތަލާގެ "ދާކަޑް" ބޮޑު ފްލޮޕްއަކަށް ވުމުން އެކަމާ އަދި ކަންގަނާ އެއްވެސް އެއްޗެއް ބުނެފައިއެއް ނުވެއެވެ.

ކަންގަނާ ވަނީ އޭނާގެ އިނސްޓްގްރާމް ގައި ފިލްމް ގެ މަސައްކަތް ފެށިކަން އިއުލާން ކޮށްފައިއެވެ.

"އިމަޖެންސީ" އަކި ކަންގަނާ އަށް ވަރަށް ހާއްސަ ފިލްމް އެއް ކަމަށް އޭނާ ބުނެއެވެ. އެހެންވެ މި ފިލްމް ޑައިރެކްޓް ކުރުމާއި ވެސް ހަވާލުވެ ހުރީ އޭނާ އެވެ.

 

View this post on Instagram

 

A post shared by Kangana Dhaakad (@kanganaranaut)

ކަންގަނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ތޭޖާސް" އާއި "ސީތާ: ދަ ރީންކާނޭޝަން" ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.