ތޭޖާސްވީ ބޮލީވުޑަށް

ތޭޖާސްވީ ބޮލީވުޑަށް

Author
ފާތިމަތު ނާވީ
04 ޖޫން 2022 01:57
0

ސިލްސިލާ ޑްރާމާތަކުން މަޝްހޫރުކަން ހޯދާފައިވާ ބަތަލާ ތޭޖަސްވީ ޕްރަކާޝް ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކަލާސް އިން ގެެނެސްދޭ ބިގްބޮސް ގެ އެންމެ ފަހުގެ ޝޯވ "ބިގް ބޮސް" 15 ގެ ސީޒަން ކާމިޔާބު ކުރުމަށްފަހު ހަމަ އެޗެނަލުން ގެނެސްދިން "ނާގިން"ގެ ސީޒަން 6 ގައިވެސް ތޭޖަސްވީ ވަނީ މަސައްކަތް ކޮށްފައެވެ.

ޚަބަރުތައް ބުނާގޮތުގައި ތޭޖަސް ބޮލީވުޑަށް ނުކުންނަނީ އަޔުޝްމާން ކުރާނާގެ 2019 ގެ ފިލްމު "ޑްރީމް ގާލް"ގެ ސީކުއެލް އިން ކަމަށެވެ. އަންނަ އޯގަސްޓް މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ މި ފިލްމްގެ ޝޫޓިންގ ފެށުމުގެ ކުރިން މިކަން އިއުލާން ކުރާނެވެ.

 

View this post on Instagram

 

A post shared by Tejasswi Prakash (@tejasswiprakash)

ތޭޖަސްވީ ވަނީ ސިލްސިލާ ޑްރާމާ ތަކުން އާންމުންގެ މަގުބޫލުކަން ހޯދާފައެވެ. އޭގެތެރޭގައި "ސިލްސިލާ ބަދަލްތޭ ރިޝްތޯން ކާ"، "ރިޝްތާ ލިކޭނގޭ ހަމް ނަޔާ" އަދި "ސުވަރުގިނީ" ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.