ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މަތިވަމުން ދިއުމާއެކު މިފްކޯއިން ވިއްކާ މަސް ދަޅު ކޭހަކުން 150ރ. ބޮޑުކޮށްފިއެވެ.
މިފްކޯއިން އަގަށް ގެނެސްފައިވާ ބަދަލުތަކާއެކު މަސް ކޭހެއްގެ އަގުވަނީ ތެޔޮ މަސްދަޅު ކޭހަކުން 150ރ ބޮޑުކޮށްފައެވެ. މީގެ ކުރިން މިފްކޯއިން މަސް ކޭހެއް ވިއްކާފައި ވަނީ 610ރ އަށެވެ. އެހެންކަމުން މަސް ދަޅަކުން ގާތްގަނޑަކަށް 3ރ ވަނީ ބޮޑުވެފައެވެ.
މިފްކޯއިން ދަޅު މަހުގެ އަގަށް ގެނައި ބަދަލާއެކު ތެޔޮ މަސް ކޭހެއްގެ އަގު ވަނީ 590ރ. އިން 740ރ. އަށް ބޮޑުވެފަ އެވެ. އަދި ކުރިން 565ރ. އަށް ވިއްކި ފެން މަސް ކޭހެއްގެ އަގު ވަނީ 715ރ. އަށް މަތިވެފައެވެ. އަދި މީގެ އިތުރުން ވެސް މަސް ދަޅުގެ އެކި ސައިޒުގެ އަގުތައް ވަނީ މަތިކޮށްފައެވެ. ދަޅު މަހުގެ އަގަށް ގެނައި މި ބަދަލާއެކު އެވްރެޖުކޮށް ތިން ރުފިޔާ ބޮޑުވެގެން ގޮސްފައިވެއެވެ.
މިފްކޯގެ ހުރިހާ އުފެއްދުންތަކުގެ އަގަށްވެސް ވަނީ ބަދަލުތަށް ގެނެސްފައެވެ. ޔޫކްރެއިން – ރަޝިއާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައްވަނީ ވަރަށްބޮޑަށް އުފުލިފައެވެ. ޚާއްސަކޮށް ޕެޓްރޯލާއި ޑީސެލްގެ އަގުތައްވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
އިސްމާޢީލް ފާހަގަކުރެއްވި ގޮތުގައި އެކުންފުނީގެ އޮޕަރޭޝަން ޚަރަދުގެވެސް ބޮޑުބައެއް ހޭދަވަނީ ޑީސަލްއަށް ކަމަށެވެ.
ދަޅުމަހުގެ އުފެއްދުންތަކުގެ އަގަށް ބަދަލު ގެނެސްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެއް އެއް އަގެއްގައި ހިފެހެއްޓުމަށްފަހުގައެވެ. މިފްކޯއިން ވިދާޅުވީ އަގަށް މިގެނައި ބަދަލަކީ ކަސްޓަމަރުންނަށް ވިވަގުތަށް މި އުފެއްދުންތައް ފޯރުކޮށްދެވެންހުރި އެންމެ ރަނގަޅު އަގުކަމަށެވެ.
ކޮމެންޓު ފޮނުވާ