ބޮލީވުޑަށް ރީތި ލަވަތަކެއް ކައިޔައިދީފައިވާ، ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކްރިޝްނާ ކުމާރު ކުންނަތު (ކޭކޭ) ހާޓް އެޓޭކެއް ޖެހިގެން ރޭ މަރުވެއްޖެއެވެ.
53 އަހަރުގައި ކޭކޭ މަރުވީ ލައިވް ޝޯވ އެއް ދިނުމަށްފަހު ހޮޓަލަށް ދިއަ ފަހުންނެވެ. ހަބަރުތަށް ބުނާގޮތުގައި ކޮލްކަތާގެ ނަޒްރުލް މަންޗުގައި ޝޯވ ނިންމާލުމަށް ފަހު ހޮޓަލަށް ދިޔަ ފަހުން ސިޑިން މައްޗަށް ވެއްޓިގެން ފަރުވާ ދެނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް ބައެއް ރިޕޯޓްތަށް ބުނާގޮތުގައި ކޭކޭ ހޮސްޕިޓަލް އަށް ގެންދިއަ އިރުވެސް އޮތީ މަރުވެފައިއެވެ. ރިޕޯޓުތަށް ބުނާގޮތުގައި ޝޯވ ހުށައެޅިގަޑިގައި ހަށިގަނޑަށް އުނދަގޫތަކެއްވާ ކަމަށް ކޭކޭ ބުނެފައިވެއެވެ. އަދި ޝޯވ ގެ ވީޑީއޯތަށް ވެސް ވަނީ ވަރަށް ބޮޑަށް ވައިރަލް ވެގެން ގޮސްފައިއެވެ.
ކޭކޭ މަރުވުމުގެ ހިތާމާގައި ބޮލީވުޑްގެ ގިނަ ބަޔަކު ދަނީ ބައިވެރި ވަމުންނެވެ. އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެއްނުދަ މޯދީ ވެސް ވަނީ ޓްވިޓެއް ކުރައްވައިފައިއެވެ.
Saddened by the untimely demise of noted singer Krishnakumar Kunnath popularly known as KK. His songs reflected a wide range of emotions as struck a chord with people of all age groups. We will always remember him through his songs. Condolences to his family and fans. Om Shanti.
— Narendra Modi (@narendramodi) May 31, 2022
އޭނާގެ ބޮލީވުޑް ކެރިއަރު ފެށީ ސަލްމާން ހާނާއި އައިޝްވާރިޔާ އަދި އަޖޭ ދޭވްޖަން ލީޑު ރޯލު ކުޅުނު ފިލްމު، "ހަމް ދިލް ދޭ ޗުކޭ ސަނަމް" އިންނެވެެ. އެ ފިލްމަށް އޭނާ ކިޔައިދިން "ތަޅަޕް ތަޅަޕް" އަކީ ހިޓެކެވެ.
ކޭކޭ ކިޔައިފައިވާ މަޝްހޫރު ލަވަތުގެ ތެރޭގައި "ޕިޔާރު ކޭ ޕަލް" އާއި ޔާރޯ" އާއި "އޯ މޭރި ޖާން" އާއި "ހުދާ ޖާނޭ" އާއި "ޒަރާ ސަ" އާއި "ދިލް އިބާދަތު" އަދި "ޕެހެލާ ޕެހެލާ ޕިޔާރު" ހިމެނޭނެ އެވެ.
One Response
ކޮންމެ އިންސާނަކީވެސާ މަރުވާނެ މީހެއް، ހިތާމައަކީ މަރުވެދާއިރު ސުވަރުގެ ލިބޭނެކަމުގެ ޔަޤީންކަންނެތުން،، ޝައްކެއްވެސްނެތްގޮތުގައި ކާފިރުކަންމަތީގައި ހުއްޓާ މަރުވެއްޖެ މީހެއްގެ ގޮވައްޗަކީ ނަރަކައެވެ.