ބޮލީވުޑްގެ ދިވަމުން އަންނަ އެކްޓަރު ކާތިކް އާރިޔާން ފިލްމް "ބޫލްބުލައްޔާ2″ ވަނީ މަޝްހޫ ތަރި ކަންގަނާ ރަނާވަތުގެ ފިލްމް "ދާކަޑް" އަށް ގޮންޖަހައިފައިއެވެ.
ބޮޑު ބަޖެޓަކުން ހެދި 4 ފަހަރު ނެޝެނަލް އެވޯޑް ހޯދި ބަތަލާ ގެ "ދާކަޑް" އަކީ ވަރަށް އުންމީދީ ފިލްމްއެއް ނަމްވެސް ފިލްމް ބަލަން ދާނެ މީހަކު ނުވުމުން ފިލްމްގައި ވަނީ ފްލޮޕް ބޯޑު އަޅުވައިފައިއެވެ.
"ދާކަޑް" ރިލީޒް ކުރި ދުވަހު ކާތިކް ގެ "ބޫލްބުލައްޔާ2″ ވެސް ވަނީ ރިލީޒް ކޮށްފައިއެވެ. އަދި އެއާއި އެކު ފިލްމްގެ ފޯރި ގަދަވެ ފިލްމް ވަނީ ސުޕަ ހިޓަކަށް ވެފައިއެވެ. އެއާއި އެކު ކާތިކް ވވަނީ އޭނާ ފިލްްމ ކުޅެދޭ އަގުވެސް ބޮޑުކޮށްފައިއެވެ.
ފިލްމް ގެ ކާމިޔާބީއާއި އެކު ކާތިކް ވަނީ 35-40 ކްރޯޑް ޗާޖްކުރަން ނިންމާފައިއެވެ. 2019 ވަނަ އަހަރުވެސް އޭނާ ފިލްމް ކުޅޭއަގު ބޮޑުކުރިއެވެ. އޭރު ކުރިން ފިލްމަކަށް ނަގަމުން އިން 3 ކްރޯޑް ރުޕީސް 7 ކްރޯޑަށް ވަނީ ބޮޑުކޮށްފައިއެވެ.
ކާތިކް ފިލްމް ކުޅޭ އަގު ބޮޑު ކުރި އިރު އޭނާ އަކީ މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ޒުވާން ތަރިއެވެ.
ބޮލީވުޑްގެ ތަރިނނަކީ އެމީހުންގެގެ ފިލްމް ގެ ކާމިޔާބާއި ގުޅިގެން އަބަދުވެސް ފިލްމް ކުޅޭ އަގަށް ބަދަލު ގެންނަ ބައެކެވެ.