ފުރުޞަތު ލިބި، ހައްޖަށް ދާން ބޭނުން ނުވާ މީހުން އަންގަން އެދިއްޖެ

ފުރުޞަތު ލިބި، ހައްޖަށް ދާން ބޭނުން ނުވާ މީހުން އަންގަން އެދިއްޖެ

ގުޅުންހުރި

މިއަހަރު ރާއްޖެއިން ޙައްޖަށް ދިއުމަށް ފުރުޞަތު ލިބިފައިވާ މީހުންގެ ތެރެއިން ޙައްޖަށް ދާން ބޭނުންނުވާ ފަރާތްތަކުން އެކަން މާދަމާގެ ކުރިން ޙައްޖު ކޯޕަރޭޝަނަށް އެންގުމަށް އެދިއްޖެއެވެ.

ޙައްޖަށް މީހުން ގެންދިޔުމާއި ގުޅިގެން ހައްޖު ކޯޕަރޭޝަނުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ މިއަހަރު ޙައްޖަށް ދިއުމަށް އެ ކޯޕަރޭޝަނުން ޙައްޖު ދަޢުވަތު ފޮނުވާފައިވާ މީހުން ދަޢުވަތު ގަބޫލުކުރާކަން ނުވަތަ ނުކުރާކަން، ސޮއިކޮށްފައިވާ ޙައްޖު އޮފާރ ލެޓާރ މެދުވެރިކޮށް މާދަމާގެ ކުރިން އެ ކުންފުންޏަށް އަންގަން ވާނެކަމަށެވެ. އަދި ދަޢުވަތު ދެވިފައިވާ ފަރާތްތަކުގެ ތެރެއިން ދައުވަތު ގަބޫލުކުރާކަން ނާންގާ ފަރާތްތަކުގެ ޙައްޖު ޖާގަ އަންނަ އަހަރަށް ބަދަލުކުރަން ނިންމާފައިވާކަމަށްވެސް އެ ކޯޕަޜޭޝަނުން ބުނެފައިވެއެވެ.

ޙައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީޙުންގެ އިތުރަށް އާއްމުކޮށް ހުޅުވާލައިގެން ހޮވާ 100 މީޙުންގެ ތެރެއިން މީހަކަށް އެއްވެސް ސަބަބަކާހުރެ ޙައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ ވެއިޓިންގ ކިއޫ ތަރުތީބުން ޖާގަދިނުމަށް ވަނީ ނިންމާފައެވެ. އަދި ފައިސާ ދެއްކުމަށް ކަނޑައެޅޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެފަރާތެއްގެ ޖާގަ ގެއްލޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ. މިގޮތުން މި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76960 ރުފިޔާއެވެ. މި ކޯޓާގައި ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން ގިނަވަގެން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ.

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބިފައިވަނީ 453 ޖާގައެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ އެ ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގައަށް އެދުމުގެ ފުރުޞަތު ހުޅުވާލާ މިހާރު ފޯމް އަންނަނީ ބަލައިގަންނަމުންނެވެ. އަދި މި 100 މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހު ނަގާ ގުރުއަތުންނެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ މި ކޯޓާގެ ދަށުން ކުރިމަތިލާ ފަރާތްތަކަކީ ފަރުޟު ޙައްޖު އަދާކޮށްފައިވާ މީހެއްކަމުގައި ނުވުމާއި އަންނަ މަހުގެ 15އަށް އުމުރުން 65 އަހަރު ފުރިފައިވާ މީހެއްކަމުގައި ނުވުން ހިމެނޭކަމަށެވެ. އަދި ކޯވިޑް ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައިވާ މީހަކަށްވެސް ވާންޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ