އަޤްޞާ މިސްކިތުގެ ޙުރުމަތް ކެނޑި މައްސަލަ ރައީސް ކުށްވެރިކުރައްވައިފި

އަޤްޞާ މިސްކިތުގެ ޙުރުމަތް ކެނޑި މައްސަލަ ރައީސް ކުށްވެރިކުރައްވައިފި

މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުިލް އަޤްޞާގެ ތެރެއަށް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ގިނަޢަދަދެއްގެ ބަޔަކު ވަދެ އެމިސްކިތުގެ ޙުރުމަތް ކަނޑާލައި ދިން ޢުދުވާނީ ޙަމަލާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުށްވެރިކުރައްވައިފިއެވެ.

ފާއިތުވި ދުވަސްތަކުގައި އިސްރާއީލުގެ އަނިޔާވެރި، އިސްތިޢުމާރީ ފައުޖުތަކުގެ ނިވަލުގައި ހަރުކަށި ފިކުރުގެ އެތައް ހާސް ޔަހޫދީންނެއްވަނީ އަލްއަޤްޞާއަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ. އަދި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ އަލްއަޤްޞާގައި ނަމާދުކުރަން ތިބި މުސްލިމުންނަށް އެތައް ފަހަރެއްގެމަތިން ޙަމަލާދީ ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންގައިފައެވެ.

އިސްރާއީލުގެ މި ޢަމަލު ކުށްވެރިކުރައްވާ ރައީސް ކުރެއްވި ޓްވީޓްގައި ވަނީ އިސްރާޢީލުގެ ހަރުކަށި ފިކުރުގެ ޔަހޫދީން މުސްލިމުންގެ މުޤައްދަސް އަލްއަޤްޞާގެ ހުރިމަތް ކެނޑި މައްސަލަ ކުށްވެރިކުރައްވާފައެވެ. އަދި ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނާއެކުކަަމަށް ރައީސް ވިދާޅުވިއެވެ.

1967ވަނަ އަހަރުގެ ތެރޭގައި އިސްރާއީލުގެ ބާރުގެ ދަށަށް ޤުދުސް ގެނެވުމުގެ ކާމިޔާބީ ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ޔަހޫދީން ބޮޑު އެއްވުންތައް ބާއްވައެވެ. އެ ގޮތުން އިސްރާއީލުގެ ކޯޓުތަކުން ނެރެފައިވާ ޢަމުރުތަކާ ޚިލާފަށް ޔަހޫދީންވަނީ ބާރުގެ ބޭނުންކޮށްގެން އަޤްޞާ ހުންނަ ބިމަށް ވަދެގަނެ އިސްރާއީލުގެ ދިދަ ވިހުރުވައި ލަވަކިޔައި ނަށާއި އަޅުކަންކޮށް މިސްކިތުގެ ހުރުމަތް ކަނޑައިފައެވެ. އޭގެ އިތުރުން އެ މީހުންވަނީ އަޤްޞާއަށް ޖަމާވެފައިވާ މުސްލިމުންނާ ކުރިމަތިލައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފައެވެ. އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުގެ ނިވަލުގައި އަޤްޞާއަށް ވަދެގަތް ޔަހޫދީންވަނީ ޢަރަބިން މަރަން ގޮވައިފައެވެ.

1967ވަނަ އަހަރުގެ ތެރޭގައި ޢަރަބިންނާ ދެކޮޅަށް ކުރި ހަނގުރާމާގައި އިސްރާއީލުންވަނީ އަލްއަޤްޞާ ހުންނަ އިރުމަތީ ޤުދުސް އިސްތިޢުމާރުކޮށްފައެވެ. ނަމަވެސް އަލްއަޤްޞާގައި ޔަހޫދީންނަށް އަޅުކަންކުރުން މަނާކުރުމަށް އިސްރާއީލުންވަނީ މުސްލިމުންނާ އެއްބަސްވެފައެވެ. އަދި އަލްއަޤްޞާގެ ބެލެނިވެރި ފަރާތަކީ އުރުދުންކަމަށްވަނީ ހަމަޖައްސައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *