22 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ނޭޕާލްގެ މަތިންދާ ބޯޓެއް ގެއްލިއްޖެ

22 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ނޭޕާލްގެ މަތިންދާ ބޯޓެއް ގެއްލިއްޖެ

Author
ހުސެއިން
29 މެއި 2022 02:18
0

22 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ނޭޕާލްގެ ޓާރާ އެއަރގެ މަތިންދާ ބޯޓެއް ގެއްލިއްޖެއެވެ.

އެއަރލައިންސްގެ ތަރުޖަމާން ސީއެންއެންއަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ބޯޓު ގެއްލިފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 9:30 ގައެވެ.

އެއަރލައިނުން ހާމަ ކޮށްފައިވާ ގޮތުގައި މި ބޯޓުގައި ދަތުރު ކުރަމުން ދިޔައީ 19 ޕެސެންޖަރުންނާއި 3 ކުރޫއިންނެވެ. މި ބޯޓު ދަތުރު ކުރަމުން ދިޔައީ ނޭޕާލުގެ ޕޮޚާރާއިން މަޝްހޫ ޓޫރިސްޓު ޑެސްޓިނޭޝަންއެއް ކަމުގައިވާ، ނޭޕާލްގެ މެދުތެރޭގައި އޮންނަ ޖޮމްސޮމް އަށެވެ.

އެއަރލައިންގެ ތަރުޖަމާން ވިދާޅުވެފައިވަނީ މި ބޯޓު ހޯދުމުގެ މަސައްކަތް ނޭޕާލްގެ އަސްކަރިއްޔާއިން ކުރަމުން ދާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.