އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް ސަސްޕެނޑް ކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ރިޔާޒު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް މަބްރޫކް ވިދާޅެއް ނުވެއެވެ. ނަމަވެސް އެ މައްސަލައަކީ ކޮބައިކަމެއް ވިދާޅެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި ރިޔާޒު ސަސްޕެންޑް ކުރީ އޭނާގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަމުން ދާތީއެވެ. ރިޔާޒުގެ ފަރާތުން މިނިސްޓްރީގައި މަސައްކަތްކުރާ ދެ އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމުގެ ތުހުމަތު އުފުލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރިޔާޒު އަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސް ފަރާތެވެ.
ރިޔާޒަކީ އެމްއެންޕީގެ ނައިބް ރައީސް އަދި ތިމަރަފުށީ ދައިރާގެ މެމްބަރު ރިޔާޒުގެ ކޮއްކޮއެވެ.
ކޮމެންޓު ފޮނުވާ