އަދިއްތިޔާގެ ދަރިފުޅު ފުރަތަމަ ފަހަރަށް ދައްކައިލައިފި

އަދިއްތިޔާގެ ދަރިފުޅު ފުރަތަމަ ފަހަރަށް ދައްކައިލައިފި

ގުޅުންހުރި

ލަވަ ކިއުންތެރިއާ/ ހޯސްޓް އަދިއްތިޔާ ނާރާޔަންގެ ދަރިފުޅު ފުރަތަމަ ފަހަރަށް ދައްކައިލައިފިއެވެ. ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އޭނާ އަށް ދަރިއަކު ލިބިފައިވާއިރު އެއީ އަންހެން ކުއްޖެކެވެ.

އަދިއްތިޔާ އާއި ދުވަސްވީ ލޯބިވެރިޔާ ޝްވެތާ ކައިވެނި ކޮށްފައިވަނީ 2020 ވަނަ އަހަހރުގެ ކޮވިޑްގެ ތެރޭގައިއެވެ.

އަދި މީގެ ކުރިން ދަރިފުޅުގެ ފޮޓޯ ސޯޝަލް މީޑީއާގައި ހިއްސާ ކުރިނަމަވެސް ދެމީހުން ކުރެ އެކަކުވެސް ޓްވިޝާގެ މޫނު ފެންނަ ފޮޓޯއެއް ހިއްސާ ކޮށްފައިއެއް ނުވެއެވެ.

 

ނަމަވެސް ޓްވިޝާ އަށް ތިންމަސް ފުރުމާއި ގުޅިގެން އަދިއްތިޔާ ހިއްސާކޮށްފައިވާ ފޮޓޯގައި އެކުއްޖާ ވަރަށް ރީތިކޮށް ކެމެރާއަށް ބަލަހައްތައިގެން އަޮންނަ ތަން ފެނެއެވެ.

ބައެއް ފިލްމް ތަކުންވެސް ފެނިގެން ގޮސްފައިވާ އަދިއްތިޔާ އަކީ އިންޑިއާގެ ކުރީގެ މަޝްހޫރު ލަވަކިއުން ތެރިއާ އުދިތް ނާރާޔަން ގެ ހުރި ހަމައެކަނި ދަރިފުޅެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ