ހިޔާގައި އިރުއޮއްސި 6:00 އަށް ފަހު އަޑުގަދަވާ މަސައްކަތެއް ނުކުރެވޭނެ

ހިޔާގައި އިރުއޮއްސި 6:00 އަށް ފަހު އަޑުގަދަވާ މަސައްކަތެއް ނުކުރެވޭނެ

Author
މުޙައްމަދު ޝަޒައިމް
24 މެއި 2022 05:46
0

ގިނަ އަދަދެއްގެ މީހުން ބަދަލުވަމުން އަންނަ ހުޅުމާލޭ ހިޔާ ފްލެޓުތަކުގައި އިރުއޮއްސި 6:00 އިން ފެށިގެން މަސައްކަތް ކުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފިއެވެ.

އެޗްޑީސީން މިއަދު ބުނެފައިވަނީ ހިޔާ ފްލެޓްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާތީ، ފްލެޓްތަކުގެ އެތެރޭގައި މަސައްކަތް ކުރުމުގެ ގަޑިތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން ހެނދުނު 8:00 އާއި ދެމެދު އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

މީގެ ކުރިން އޮންނަ ގޮތުން ރޭގަނޑު 10:00 ގެ ފަހުން އަޑު ގަދަވާ ޒާތުގެ މަސައްކަތެއް ނުކުރެވޭނެއެވެ.

އެހެންކަމުން ފްލެޓްތަކުގައި މަސައްކަތް ކުރާއިރު ސަމާލުވުމަށް ވަނީ ނަސޭހަތްތެރިވެފައެެވެ. އަދި މަސައްކަތް ކުރާއިރު، އެހެން ފްލެޓްތަކަށް ދަތިނުވާނެ ގޮތަށް މަސައްކަތް ކުރިއަށްގެންދިއުމަށް އިލްތިމާސްކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.