ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޝްވަރާތަކަށް ޑރ.ޒާހިރު ތުރުކީއަށް

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޝްވަރާތަކަށް ޑރ.ޒާހިރު ތުރުކީއަށް

Author
މުޙައްމަދު ޖިމީ
24 މެއި 2022 03:03
0

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާޙިރު ޢަލީ ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރައިވަޑައިގެންފިއެވެ.

މޭމަހުގެ 23 އިން 30 އަށް ތުރުކީއަށް ކުރައްވާ ރަސްމީ މި ދަތުރު ފުޅުގައި، ތުރުކީގެ ޕްރެޒިޑެންޓް އޮފް ޕްރެޒިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ ރައީސް ޕްރޮފެސަރ ޑރ. ޢަލީ އަރްބާސް އާއި ބައްދަލު ކުރައްވާ ދެ މުއައްސަސާ ގުޅިގެން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމާއި، ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރުމާއި، ތުރުކީގެ ޙަލާލު ސެޓިފިކެޓް ކަންކަން ބަލަހައްޓާ ވުޒާރާއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީގެ މިދަތުރުފުޅުގައި ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޝާފިއު ޢަލީ އާއި، އިސްލާމީ މަރުކަޒުގެ އިމާމު ޝައިޚް ނަސްރުﷲ ޢަލީއާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަބްދުލް ޢަޒީޒް އިސްމާޢީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.