ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމް "ކަބީ ޢީދު ކަބީ ދިވާލީ" އިން ޅިޔަނު އަޔޫޝް ޝަރްމާ ކުޅެން ސޮއިކުރި ރޯލު އޭނާ ދޫކޮށްލައިފިއެވެ.
މި އަހަރުގެ ޑިސެމްބަރުގައި ނެރޭނެ ކަމަށް ލަފާ ކުރެވޭ މި ފިލްމަކީ ސަލްމާން ޚާނާ އެކުގައި ޕޫޖާ ހޭގްޅޭ ފެނިގެންދާ ފެމެލީ ޑްރާމާއެކެވެ.
މަސްހުނި އިހުސާސް ތަކެއްގެ މި ފިލްމު އަޔޫޝް ދޫކޮށްލި ވަކި ސަބަބެއް ނޭނގުން ނަމަވެސް ފިލްމު އުފައްދަން ނިންމި ހިސާބުން ފެށިގެން ފިލްމަށް އަންނަނީ އެކި މައްސަލަތައް ދިމާ ވަމުންނެވެ. އެގޮތުން ކުރިން ފިލްމު ޕްރޮޑިއުސް ކުރަން ހަވާލުވި ސާޖިދު ނަޑިއާޑްވާލާ ފިލްމު ޕްރޮޑިއުސް ނުކުރަން ނިންމުންވެސް ހިމެނެއެވެ. އެހެން ކަމުން މިހާރު ފިލްމު ޕްރޮޑިއުސް ކުރަނީ ސަލްމާންގެ ފިލްމް ކުންފުނިންނެވެ.
ފިލްމުގެ ޝޫޓިން މިހާރު ފަށާފައިވާއިރު އަޔޫޝް ފިލްމު ދޫކޮށްލުމުން އިތުރު ތަރިއަކު އެބަޔަށް އަދި ނަގާފައެއް ނުވެއެވެ.
އަޔޫޝް ވަނީ މީގެ ކުރިން ސަލްމާނާ އެކުގައި ފިލްމެއް ކުޅެފައެވެ. އެއީ ސަލްމާންގެ އެންމެ ފަހުން ރިލީޒްކުރި ފިލްމު "އަންތިމް"އެވެ.
One Response
ޅިޔަނު ތަޢާރަފް ކޮށްދިނީވެސް ސަލަމާނު ގެ އަމިއްލަ ފިލްމަކުން . ޢަންތިމް ހިޓްވީމަ ޅިޔަނަށް ހީވީ މަމީ ސްޕަރސްޓާރ އެކޭ އަންތިމް ހިޓްވީވެސް ސަލަމާން އޭގަ އުޅުނީތީ.